ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 05:30
ޭެޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު އާއި މަންނާނު
ޭެޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު އާއި މަންނާނު
ޕީއެސްއެމް
ފުލުހުން
ޑެޕިއުޓީ ކޮމިޝަނަރު މަންނާނާއި އަލީ ރަޝީދު މަގާމުން ރިޓަޔަރ ކުރައްވަނީ
ދެ ބޭފުޅުން ވެސް ރިޓަޔަރ ކުރައްވަން ނިންމަވާފައިވަނީ މި މަހުގެ 25 ގައި

ޑެޕިއުޓީ ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަބްދުލް މަންނާން ޔޫސުފް އާއި އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ދެ ބޭފުޅުން ވެސް މަގާމުން ރިޓަޔަރ ކުރައްވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

ޑީސީޕީ މަންނާނު ހުންނެވީ މިވަގުތު ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެވަޑައިގެންނެވެ. އޭނާއާ ފުލުހުންގެ އިދާރާގެ ހިންގުން ހަވާލުކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު މި މަހުގެ 15 ވަނަ ދުވަހު މަގާމުން ރިޓަޔަރ ކުރެއްވުމުންނެވެ.

ފުލުހުންގެ އިދާރާއާ ވަގުތީގޮތުން ހަވާލުވެ ހުންނެވި މަންނާނު ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރީ ނޮވެމްބަރު 2018ގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 29 އަހަރު ޚިދުމަތް ކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް