ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 05:26
އަރަބިއްޔާ ސްކޫލް ޕްރިންސިޕަލް
އަރަބިއްޔާ ސްކޫލް ޕްރިންސިޕަލް
އަރަބިއްޔާ ސްކޫލް
އަރަބިއްޔާ ސްކޫލް
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި
 
ޝުޖާއު އަރަބިއްޔާގެ ޕްރިންސިޕަލަކަށް ހަމަޖެއްސީ ޖެނުއަރީ 2018ގައި
 
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ޝުޖާއުއަށް 30 ދުވަހުގެ ތެރޭގައި އަލުން މަގާމު ދޭން ޖެހޭކަމަށް ނިންމައިފައި

މިދިޔަ އަހަރު އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިކުރި މުޙައްމަދު ޝުޖާއު އަބްދުއްރަހީމް އަށް އަލުން އެ ވަޒީފާ ދީފިއެވެ.

ޝުޖާއު އެންމެ ފުރަތަމަ އަރަބިއްޔާގެ ޕްރިންސިޕަލަކަށް ހަމަޖެއްސީ ޖެނުއަރީ 2018ގައެވެ. ނަމަވެސް އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން 7 ނޮވެމްބަރު 2022 އިން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލުގެ ހިންގުމަށް ގެނައި ބަދަލުގެ ތެރެއިން އޭނާ މަގާމުން ބަދަލު ކުރިއެވެ. އެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.

އަރަބިއްޔާގެ ޕްރިންސިޕަލުގެ މަގާމުން ޝުޖާއު ބަދަލު ކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމީ އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.

މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ޝުޖާއުއަށް 30 ދުވަހުގެ ތެރޭގައި އަލުން މަގާމު ދޭން ޖެހޭކަމަށް ނިންމައިފައެވެ. އޭނާއަށް އަލުން އަރަބިއްޔާގެ ޕްރިންސިޕަލްގެ ވަޒީފާ ދީފައިވަނީ މި ނިންމުމާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއި ކުރައްވައި އާދީއްތަ ދުވަހު ޝުޖާއުއަށް ފޮނުއްވި ސިޓީގައި ވަނީ ހޯމަ ދުވަހުން ފެށިގެން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާ ހަވާލުވެ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލު ހިންގުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި