ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 10:15
މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ތުރުކީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމު
ތުރުކީން ޖަރުމަނު ބަލިކޮށްފި
 
މިއީ ޖަރުމަނުގެ ކޯޗު ކަމާ ދާދި ފަހުން ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ތިން ވަނަ މެޗު

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ތުރުކީން ތާރީޚީ ކާާމިޔާބެއް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖަރުމަނުގެ ބާލިންގައި ހުންނަ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ތުރުކީން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ތުރުކީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޢަބްދުލް ކަރީމް ބާޑަކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފާޑީ ކަޑިއޮލޫ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތުރުކީން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެނާން ޔިލްޑިޒް އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލަނޑު ޖަހައި، ޖަރުމަނުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖަހައިދިނީ ނިކްލަސް ފުލްކްރަގް އެވެ. މެޗުން ތުރުކީ މޮޅުވީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، 71 ވަނަ މިނެޓުގައި ޔޫސުފް ސާރީ ޖެހި ލަނޑުންނެވެ.

Advertisement

މިއީ 2005 ވަނަ އަހަރުގެ ފަހުން، ތުރުކީ އަށް ޖަރުމަނު އަތުން މޮޅު ވެވުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ޖަރުމަނުގެ ކޯޗު ކަމާ ދާދި ފަހުން ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު ތިން ވަނަ މެޗެވެ. ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވީއިރު، އަނެއް މެޗުން އެއްވަރުވެ، ތިން ވަނަ މެޗުން ބަލިވީ އެވެ. ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނުން ދެން ނުކުންނާނީ އޮސްޓްރިއާ ދެކޮޅަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް