ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 05:49
ރައީސް އޮފީހުގެ މުވައްޒަފުން ވަކިކުރާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުން
ރައީސް އޮފީހުގެ މުވައްޒަފުން ވަކިކުރާ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުން
ރައީސް އޮފީހުން މުވައްޒަފުން ވަކިކުރުން
ރައީސް އޮފީހުން މުވައްޒަފުން ވަކިކުރަން ފަށައިފި
 
ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހުން ވެސް ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ
 
ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ފަންނީ މީހުން ހިމެނޭ
 
ސިޔާސީ މަޤާމުތަކުގައި ނެތް މީހުން ވަޒީފާ އިން ވަކިކުރާތީ އާއްމުންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ވެސް ހިއްސާކޮށްފައިވޭ

ރައީސް އޮފީހުން މުވައްޒަފުން ވަކިކުރަން ފަށައިފިއެވެ.

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުން ނޫން އެހެން މުވައްޒަފުންވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރަމުންދާކަން ހާމަވާ ސްކްރީންޝޮޓްތަކެއް މީސްމީޑިއާގައި ވެސް ވަނީ ދައުރުވާން ފަށާފައެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ފަންނީ މީހުން ހިމެނޭކަން ރާއްޖެ އެމްވީ އަށް ވަނީ ކަށަވަރުކުރެވިފައެވެ. ބައެއް މުވައްޒަފުން ވަނީ އެ މުވައްޒަފުން ވަކިކުރުމުން އެކަމުގެ ކަންބޮޑުވުން ރައީސް އޮފީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުގައި ވެސް ހިއްސާކޮށްފައެވެ.

Advertisement

ސިޔާސީ މަޤާމުތަކުގައި ނޫން މަޤާމުތަކުގައި ތިބި މީހުން ވަކި ކުރާތީ އެކަމުގެ ކަންބޮޑުވުން ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކޭޓްރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް ވެސް ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނާއި ލީގަލް އެފެއާޒް ސެކްޝަނުން މީހުން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ. އެ މީހުންނަކީ އެ މީހުންގެ ވަޒީފާ އަށް ތަމްރީނުވެފައިވާ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މީހުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އާ ސަރުކާރު ހިންގާއިރު ދާއިރާ އަށް އާ މީހުން އެ ތަންތަނަށް ލުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަޤާމުތަކުގައި ނެތް މީހުން ވަޒީފާ އިން ވަކިކުރާތީ އާއްމުންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ވެސް ހިއްސާކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
23%
15%
8%
8%
46%
ކޮމެންޓް