ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 12:37
ޕީސީބީ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ފިރާޒް
ޕީސީބީ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ފިރާޒް
ރައްޔިތުންގެ މަޖިލިސް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް
ޕީސީބީގައި ބޯޑު ބައްދަލުވުން ބޭއްވޭވަރަށް މެމްބަރުން ނެތް، ކުންފުނިތަކަށް ވެރިން ހަމަޖެއްސުމަށް ގޮންޖެހުމެއް
ބައްދަލުވުން ބޭއްވުމަށް ކޯރަމް ހަމަވާނީ ފަސް މެމްބަރުންނާއެކު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގައި ބޯޑު ބައްދަލުވުން ބޭއްވޭވަރަށް މެމްބަރުންނެއް ނެތް ކަމަށް ޕީސީބީ ހިންގުމާ މިހާރު ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މުހައްމަދު ފިރާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިރާޒް ވިދާޅުވީ މިހާރު ބޯޑުގައި ތިއްބެވީ ތިން މެމްބަރުން ކަމަށެވެ. ބައްދަލުވުން ބޭއްވުމަށް ކޯރަމް ހަމަވާނީ ފަސް މެމްބަރުންނާއެކުކަން ފާހަގަކުރައްވާ ފިރާޒް ވިދާޅުވީ ބައްދަލުން ބާއްވަން އަދި ދެ މެމްބަރުން ބޭނުންވާނެ ކަމަށެެވެ.

އެ ބައްދަލުވުންތަކުން ނިންމާނީ ޕޮލިސީ ލެވަލްގެ ނިންމުންތައް ކަމަށް ވެސް ފިރާޒް ވިދާޅުވިއެވެ. އަދި ބޯޑުގެ ކޯރަމް ހަމަވާ ވަރަށް މެންބަރުން ހަމަކޮށް ބޯޑުގެ މަސައްކަތް ފަށައިގަންނަތާ ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި އާ ޑިރެކްޓަރުން ކުންފުނިތަކަށް އައްޔަން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޕީސީބީގެ ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ.

ޕީސީން މިހެން ބުނެފައިވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ އެގްޒެކެޓިވް މެންބަރަކު ނެތް ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތް އެ ބޯޑުން ވަނީ ބަޔާންކޮށްފައެވެ.

ޕީސީބީން ބުނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޗީފް އެގްޒެކްޓިވް އޮފިސަރު މަޤާމުން ވަކިވާ ހާލަތުގައި ކުންފުނި ހިންގުން ހަވާލުކުރަން ޖެހޭނީ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް މެންބަރުންނަށް ކަމަށެވެ. ނަމަވެސް ބޯޑުގައި އެގްޒެކެޓިވް މެންބަރެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ކުންފުނީގެ މެނޭޖްމެންޓުގެ އެންމެ އިސް ފަރާތަކާ ހިންގުން ހަވާލުކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންފުނީގެ ބޯޑަށް އެގްޒެކެޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު، ދުވަހުން ދުވަހަށް ހިންގަން ޖެހޭ މުއާމަލާތްތައް ފިޔަވައި ބޮޑެތި މާލީ ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުމާއި ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލުކުރާ ފަރާތުގެ މަގާމާއި އީމެއިލް އަދި ގުޅޭނެ ނަންބަރު ޕީސީބީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ.

- ކޮމެންޓް