ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 21:26
ހަވާ އެރުވުން
ހަވާ އެރުވުން
ޓްވިޓަރ
ޑރ. މުއިއްޒު ހުވާ ކުރެއްވުން
މުއިއްޒުގެ ވެރިކަން ފެށުން ފާހަގަ ކުރުމަށް މާލޭގައި ހަވާއަރުވަނީ
 
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަސްމީ ފާލަން ހުންނަ، އިއްޒުއްދީނު ޖެޓީ ސަރަހައްދުގައި

އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ 5 އަހަރު ދުވަހުގެ ވެރިކަން ފެށުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން، މާލޭގައި ހަވާ އެރުވުމަށް ނިންމައިފި އެވެ.

އެކަމުގެ މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ނެރުނު މެސެޖެއްގައި ބުނީ އިންތިޚާބީ ރައީސްގެ ހުވާކުރުމާ ގުޅިގެން މާލޭގައި ހަވާ އެރުވުމުގެ ޝޯވ އެއް، ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރު އޮންނާނެ ކަމަށެވެ.

އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަސްމީ ފާލަން ހުންނަ، އިއްޒުއްދީނު ޖެޓީ ސަރަހައްދުގައި ކަމަށް ވެސް އެ މެސެޖުގައި ބުންޏެވެ.

ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ވެސް އިއްޒުއްދީން ފާލަން ކުރިމަތީ އޮންނަ، ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް ބޭރުގެ 40 ގައުމެއްގެ މަންދޫބުން ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ އިރުގައި، އެމަނިކުފާނު ވާނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި