ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 11:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
މަޖިލިސް
މެންބަރުންގެ ސުލޫކު
މަޖިލީހުގެ ޤަދަރު ހިފެހެއްޓުމަށް، މެންބަރުންގެ ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅަނީ
 
ބައެއް ކަންކަން ނުކުރެވިގެން ދަނީ ޤާނޫނާއި ޤަވާއިދު ނެތިގެންވެސް ނޫން
 
ގިނަ ފަހަރު ކަންކަން ހިނގާ ގޮތުން މަޖިލީހަށް އެކަމުގެ ބަދުނާމު ލިބޭ
 
ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮންނަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ހައިބަތާއި ޤަދަރު ހިފެހެއްޓުމަށް ޚާއްސަކޮށްގެން، މެންބަރުންގެ ސުލޫކީ މިންގަނޑުތަކެއް ކަނޑައެޅުމަށް ވިސްނަވަމުންގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮންނަންޖެހޭ ކަމަށާއި، ނަމަވެސް ގިނަ ފަހަރު ކަންކަން ހިނގާ ގޮތުން މަޖިލީހަށް އެކަމުގެ ބަދުނާމު ލިބޭކަމަށެވެ.

ވުމާއެކު، މަޖިލިސް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރިއަށް އޮތްތަނުގައި ބައެއް ބަދަލުތައް ގެންނަވަން ވިސްނަވާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މެންބަރުންގެ ސުލޫކީ މިންގަނޑުތަކެއް ހުންނަންޖެހޭކަން އަސްލަމް ފާހަގަ ކުރައްވާފައިވެއެވެ.

އަސްލަމް ވިދާޅުވީ، އެކަމަށްޓަކައި މަޖިލީހުގެ އުސޫލުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

މިސާލަކަށް މުސާރަ ކެނޑުން ފަދަ ފިޔަވަޅުތައް އެޅުމާއި، ކޮމިޓީގެ މުޤައްރިރުންނާއި، މަޖިލީހުގެ ރައީސް އަދި ނާއިބްރައީސް ފަދަ އިސް މަޤާމުތަކުގައި ތިއްބަވާ މެންބަރުން ޒިންމާދާރު ކުރުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަކީ ކުރެވިދާނެ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ބައެއް ކަންކަން ނުކުރެވިގެން ދަނީ ޤާނޫނާއި ޤަވާއިދު ނެތިގެން ވެސް ނޫން ކަމަށާއި، ބައެއް ކަންކަން ޤާނޫނު އޮވެމެ ނުހިނގާ ހުންނަކަމަށެވެ. އެކަންކަމުގެ ސަބަބުން މަޖިލީހުގެ ހައިބަތާއި ޤަދަރު ކުޑަވެގެންދާކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކެއް ކޮންމެ ޤައުމެއްގައި ވެސް އޮންނަންވާނެ، އެ މިންގަނޑުގެ ތެރެއިން ބަހުރުވައަކީ މުހިއްމު އެއް ކަންތައް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ވެސް ނަމޫނާއަކަށް ވާންޖެހޭނެ، މަޖިލީހުން ކުރާ ކަންކަމަކީ އަޅުގަނޑުމެންގެ ޅަ ދަރިންނަށް ވެސް ނަމޫނާއަކަށް ވާންޖެހޭނެކަންކަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް

އަމާޒަކީ މުޅި މަޖިލީހަކީ ވެސް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޤަދަރުވެރި ތަނަކަށް ހެދުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި