ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 11:27
ޔޫރޯ 2024ގެ ރަސްމީ ބޯޅަ ފުސްބޯލީ
ޔޫރޯ 2024ގެ ރަސްމީ ބޯޅަ ފުސްބޯލީ
ޔޫރޯ 2024
ޔޫރޯ 2024ގެ ރަސްމީ ބޯޅަ ފުސްބޯލީ ދައްކާލައިފި
 
ބޯޅަ ވިއްކައިގެން ލިބޭ ފައިސާގެ އެއް ޕަސެންޓް އިޖްތިމާއީ ޚިދުމަތަށް ހަދިޔާކުރާނެ

އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރަޕުގެ ގައުމުގެތަކުގެ ފުޓްބޯޅަ މުބާރާތް (ޔޫރޯ 2024)ގެ ބޯޅަ ރަސްމީކޮށް ދައްކާލައިފި އެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖި ހިމަނައިގެން ތައްޔާރުކޮށްފައިވާ ބޯޅައިގެ އެންމެ ހާއްސަ ކަމަކީ އޮފް ސައިޑެ ދެނެގަތުމަށް މި ބޯޅަ ރެފްރީންނަށް އެހީތެރިވެދޭނެ މިންވަރު އިތުރުވުމެވެ. މި ބޯޅައިގެ އެތެރޭގައި ލައްވާފައިވާ ޑިވައިސްއެއްގެ އެހީގައި ބޯޅައިގައި ކުޅުންތެރިޔާ ޖަހާ ހިސާބު ވަރަށް ބޮޑަށް ޔަގީންކޮށްދޭނެ އެވެ. މި ގޮތުން އެޑިޑާސް ކުންފުނިން މީގެ ކުރިން އުފެއްދި ބޯޅަތަކަށްވުރެ ފުސްބޯލީން ސިކުންތަކު 500ގުނަ އިތުރަށް މަންޒަރާއި ވަގުތު ދެނެގަންނާނެ ކަމަށް ޔޫރަޕުގެ ފުޓްބޯލަ ޖަމިއްޔާ ޔޫއޭފާއިން ބުނެއެވެ.

މި ބޯޅައިގެ ރަސްމީ ނަމަކީ ފުސްބޯލީ އެވެ. ޖަރުމަނު ބަހުން މާނައަކީ ފުޓްބޯޅަ އަށް އޮތް ލޯތްބެވެ.

Advertisement

އަންނަ އަހަރުގެ ޖޫން 14 އިން ޖުލައި 14 އަށް ކުޅޭ 51 މެޗުގެ މުބާރާތުގައި ބޭނުންކުރާ މި ބޯޅަ ތައްޔާރުކޮށްފައިވަނީ ރީސައިކަލް ކުރެވޭ ތިން ބާވަތެއް ހިމަނައިގެންނެވެ. ޕޮލިސްޓަރާއި ފެނުގައި ގިރިގެން ނުދާފަދަ ދެލި ބޭނުންކޮށްފައިވާ ބޯޅަ އުފެއްދުމުގައި ބޭނުންކޮށްފައިވާ މެޓީރިއަލްތަކަކީ ޒުވާރި ކުނޑި އާއި ދަޅާ، ކީސް ނުވަތަ ވަކަރުކުޑި އެވެ.

އެޑިޑާސްއިން ނިންމާފައިވަނީ މި ބޯޅަ ވިއްކައިގެން ލިބޭ ފައިސާގެ އެއް ޕަސެންޓް އިޖްތިމާއީ ޚިދުމަތަށް ހަދިޔާ ކުރުމަށެވެ. މި ގޮތުން ފައިސާދޭން ނިންމާފައިވަނީ ސްޕޭނުގެ ކުރީގެ މިޑްފީލްޑަރު ހުއާން މާޓާގެ ކޮމަން ގޯލް ސޮކާއިން ހިންގާ ހަރަކާތްތަކަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް