Advertisement
ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 05:51
ޕާކުކުރުން މަނާ ސަރަހައްދު
ޕާކުކުރުން މަނާ ސަރަހައްދު
ޕޮލިސް
ހުވާކުރުމުގެ ރަސްމިއްޔާތު
ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ޖުމްހޫރީ މައިދާން ވަށައިގެންވާ ބޮޑު ސަރަހައްދެއްގައި ޕާކުރުން މަނާ
އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފަ
ލޯކަލް މާރުކޭޓުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެ ސަރަހައްދުގައި ކަނޑު އުޅަނދުތައް ބަނދަރުނުކުރެވޭނެ
ޕާކުކުރުން މަނާވާނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާތީ، އެ ތަން ވަށައިގެންވާ ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުކުރުން މަނާކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ކުރެހުމުގައިވާ ގޮތުން، އެ ރަސްމިއްޔާތަށް ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.

އަދި ޖުމްހޫރީ މައިދާނުގެ ފަހަތުން އޮންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުން މަނާކޮށްފައިވަނީ، އެމްއެމްއޭ އިން ފެށިގެން ފޮރިން މިނިސްޓްރީ އާ ހަމައަށެވެ.

Advertisement

މެދުޒިޔާރަތް މަގުގައި ފެންޓަސީ ސްޓޯރުން ފެށިގެން ހޮޓެލް ޖެންއާ ޖެހިގެން އޮންނަ ޕާކިން ޖާގައާ ހަމައަށް ޕާކުކުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ލޯކަލް މާރުކޭޓުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެ ސަރަހައްދުގައި ކަނޑު އުޅަނދުތައް ބަނދަރުނުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން މިސަރަހައްދުތަކުގައި ޕާކުކުރުން މަނާވާނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:45 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް