ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 14:56
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ރައީސް އޮފީސް
ސަޕްލިމަންޓްރީ ބަޖެޓު
އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް
ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ވެސް އަމީރު ވަނީ ފާހަގަކުރައްވާފައި
ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައި
އާސަންދައަށް އެކަނި 1.2 ބިލިއަން ރުފިޔާ ހޭދަކުރަން ހިމަނާފައިވޭ

ވީހާވެސް އަވަހަށް 2023 ވަނަ އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެދިވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު އެފަދައިން އެދިވަޑައިގަތީ އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ތަފްސީލް ހިއްސާކުރައްވަމުން ދެމެހެއްޓިނިވި ގޮތެއްގައި އާސަންދަ ނިޒާމް ހިންގުމަށްޓަކައި ބޮޑެތި ބަަދަލުތަކެއް ގެންނަން ޖެހޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓުން ބޮޑު ބައެއް އާސަންދައަށް ހޭދަކުރަން ޖެހޭ ކަމަށާއި އާސަންދައަށް އެކަނި 1.2 ބިލިއަން ރުފިޔާ ހޭދަކުރަން ހިމަނާފައިވާ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ހަރަދު އެހާ ބޮޑުވީ، ކޮވިޑް-19 އަށް ފަހު ބޭސްފަރުވާގެ ހިދުމަތް ހޯދުން މެދުކެނޑިފައި އޮތުމަށް ފަހު މި އަހަރު ރައްޔިތުން ބޭސްފަރުވާގެ އެކިއެކި ހިދުމަތް ހޯދާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކުރަ ހިމަނާފައިވާނެ ކަމަށެވެ. އެ ހަރަދުތަކުގެ ތެރޭގައި ކުންފުނިތަކުގެ ވޯކިން ކެޕިޓަލަށް ބޭނުންވާ ފައިސާ ދޫކުރުމުގެ ގޮތުން ޓްރެޝަރީ ލޯނަށް އާރުޑީސީއަށް 291.3 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާކަމަށެވެ. ހަމައެއާއެކު ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ބަޖެޓުން އިތުރަށް ކުންފުނިތަކަށް ފައިސާ ދޭން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން އެގޮތަށް ހިނގަން މެދުވެރިވީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުގެ ސަބަބުން އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެ ކުންފުންޏަށް ކެޕިޓަލް ދޭން ޖެހުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

2023 ވަނަ އަހަރުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާއެވެ. ބަޖެޓަށް އިތުރު ކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާއަށް އަރައެވެ.

- ކޮމެންޓް