ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 14:26
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ރައީސް އޮފީސް
ރާއްޖޭގެ ރިޒާވް
ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު
2023ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 618 މިލިއަން ޑޮލަރަށް އަރާނެ
2023ގެ ނިޔަލަށް ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރު
އަމީރު ވިދާޅުވީ ތެލުގެ އަގުގެ އިތުރުން ތަކެތީގެ އަގު މައްޗަށް ދިއުމަކީ ވެސް ޤައުމުތަކުގެ އިގްތިސާދަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް

ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މިއަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިފަަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ހޯދުމަށް ރޭވި ފައިނޭންސިން ލިބިއްޖެނަމަ، 2023ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް 618 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް 2024 ވަނަ އަހަރު ރިޒާވް ދަށް ވާނެ ކަަމަށާއި 2023ގެ ނިޔަލަށް ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ދައުލަތުގެ ރަސްމީ ރިޒާވަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތެލުގެ އަގުގެ އިތުރުން ތަކެތީގެ އަގު މައްޗަށް ދިއުމަކީ ވެސް ޤައުމުތަކުގެ އިގްތިސާދަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރިޒާވަށް ދިމާވެފައިވާ ދަތިތަކަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި މިއަހަރުގެ އޮކްޓޫބަރު 26އާ ހަމައަށް ދައުލަތުގެ ރިޒާވުގައި ހުރީ 550 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިހާރު ވެސް އޮތް އެންމެ ބޮޑު މާލީ ގޮންޖެހުމަކީ، ތެލަށް ބަރޯސާވާ މިންވަރު އެހާ ބޮޑުއިރު، ތެލުގެ އަގު އިންތިހާއަށް އުފުލިފައި އޮތުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު މައްޗަށް ދިއުމާއެކު ތެލަށް ދޭ ސަބްސިޑީ ބޮޑުތަނުން މަތިކޮށްފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު ބަޖެޓުކުރި މިންވަރަށް 5 ގުނަ އިތުރަށް ތެލުގެ ސަބްސިޑީއަށް ޚަރަދުކުރިކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ރަސްމީ ރިޒާވުން ތެޔޮ އިމްޕޯޓުކުރުމަށް ބޭރުވާ ފައިސާގެ އަދަދު ވެސް ބޮޑުކަމަށް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ރާއްޖެ އަށް ތެޔޮ އިމްޕޯޓުކުރުމަށް ޖުމުލަ 831 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

- ކޮމެންޓް