ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 20:15
އދ. އިން ޣާއްޒާގައި ދެމުންދާ އިންސާނީ އެހީތެރިކަން ހުއްޓޭނެ ކަމުގެ އިންޒާރި އެއިދާރާއިން ދީފި
އދ. އިން ޣާއްޒާގައި ދެމުންދާ އިންސާނީ އެހީތެރިކަން ހުއްޓޭނެ ކަމުގެ އިންޒާރި އެއިދާރާއިން ދީފި
އަލްޖަޒީރާ
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
އދ. އިން ޣައްޒާއަށް ދެމުންދާ އިންސާނީ އެހީ ހުއްޓޭނެ ކަމުގެ އިންޒާރު ދީފި
 
އެ އެޖެންސީން ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ދެމުންދާ އިންސާނީ އެހީ ހުއްޓޭނެކަމަށް ބުނެފައި
 
އދ އިން ވަނީ، ޣައްޒާގައި މަސައްކަތްކުރަމުންދިޔަ އެޖަމިއްޔާގެ 101 މުވައްޒަފުން މަރުވެފައިވާކަމަށް ބުނެފައި

އދ. އިން ޣާއްޒާގައި ދެމުންދާ އިންސާނީ އެހީތެރިކަން ހުއްޓޭނެ ކަމުގެ އިންޒާރު އެއިދާރާއިން ދީފިއެވެ.

އދ. ގެ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ދަނީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޣައްޒާއަށް ތެޔޮ ވެއްދުން މަނާކޮށްފައިވާތީ އެ އެޖެންސީން ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ދެމުންދާ އިންސާނީ އެހީ ހުއްޓޭނެކަމަށް ބުނެފައެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވާއިރު، އދ އިން ވަނީ، ޣައްޒާގައި މަސައްކަތްކުރަމުންދިޔަ އެޖަމިއްޔާގެ 101 މުވައްޒަފުން މަރުވެފައިވާކަމަށް ބުނެފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ގޮވާލާފައިވާއިރު، އދ. އާއި ސިއްހީ ޚިދުމަތްދޭ ޖަމާއަތްތަކުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތައް އޮތީ އެކީއެކަށް ހުއްޓުމަކަށް އައުމުގެ މަގުމަތީގައި ކަމަށްބުނެ އިންޒާރު ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި