ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 10:48
ބަންޑާރަނައިބު އިބްރާހީމް ރިފްއަތު
ބަންޑާރަނައިބު އިބްރާހީމް ރިފްއަތު
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
މަޖިލީހަށް އޭޖީ ދެއްވި ލަފާ: މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުން
 
ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނަށް ފުރުސަތު ދެވިގެންނުވާނެ
 
އެ ޤަރާރަކ،ީ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި
 
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ގައި ބުނާ އިޖުރާއަތު ހިންގެންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އަމީން ޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ގޮތް ކަމަށް ފެނިވަޑައިގަންނަވާކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމުގެ ޤަރާރު ކުރިއަށް ގެންދެވޭނެގޮތެއް ސާފުކޮށްދެއްވުމަށް އާންމު ކޮމިޓީން ފޮނުވި ސިޓީގެ ޖަވާބުގައެވެ.

ބަންޑާރަނައިބުފޮނުއްވި ސިޓީގައި ވިދާޅުވީ، ހިނގަމުންދާ ދައުރުގެ 15 އަދި 16 ވަނަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރާއި މަޖިލީހުގެ ނައިބުރައީސްގެ ނިޔަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހެޅިފައިވާ ޤަރާރު ގެ މައްސަލަ ކުރިޔަށް ނުގެންދިއުންކަން އެ ބޭފުޅުންގެ ޢަމަލުކުރެއްވިގޮތުން އެނގޭ ކަމަށެވެ.

އަދި ޚާއްސަކޮށް އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ވަކިގޮތަކަށް ލަފާ ދީފައިވަނިކޮށް، އެ ލަފަޔާ އެއްގޮތަށް ޢަމަލުނުކުރުމަކީވެސް މިކަމަށް އިތުރު ބާރު ލިބިގެންދާ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، މި ދެ މެންބަރުންނަކީ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީ 'ދަ ޑިމޮޑްރަޓްސް' އަށް ނިސްބަތްވާ މެންބަރުން ކަމަށާއި، މަޖިލީހުގެ ނައިބު ރައީސްއަކީ މަޖިލީހުގެ ރައީސްއާ ޢާއިލީގޮތުން ތިމާގެ ބޭފުޅަކަށް ވާއިރު، މި ހިނގާ ދައުރުގެ 15 އަދި 16 ވަނަ ޖަލްސާގައި އެ މެންބަރުން ޢަމަލުކުރި ގޮތަށް ބަލާއިރު އެ މެންބަރުން ޒިންމާ އަދާކުރުމުގައި ވަކި ފަރާތެއްގެ މަސްލަޙަތު އިސްކުރައްވާފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި އޮތްތޯ ބަލަންޖެހޭކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ރިޔާސަތު ބަލަހައްޓާ މެންބަރުންނަކީ މަޖިލީހުގެ ރައީސްގެ ނުފޫޒު ފޯރުވޭ ފަދަ މެންބަރުންކަމުގައިވާނަމަ، އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ނުހިންގޭނަމަ އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޙުުކުމާ ޚިލާފު މާނަ ކުރުމަކަށްވާނެކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އެއީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންކަމާ އެ މެންބަރުން ޚިލާފުވުން ކަމަށްވެސް ފެނިވަޑައިގަންނަވާކަަމަށް ބަޔާން ކުރައްވާފައިވެއެވެ.

ބަންޑާރަނައިބުގެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް އެދި މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރު ފޮނުވާ ލިޔުމުގައި މަޤާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮތްނަމަ އެ ޤަރާރަކީ، ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ޤަރާރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާތަކަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތައް ކަމަށްވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ފާހަގަކޮށްފައިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުޞޫލާ ދިމާ އިދިކޮޅު މާނަކުރުމެއް ދެވޭ، އަދި އެ މާއްދާގެ މަޤްޞަދާ ޚިލާފު ކަމެއް ކަމަށް ބެލެވޭކަމެއްކަމަށް ބަންޑާރަނައިބު ފާހަގަ ކުރައްވައެވެ.

ވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި، އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ އަމީން ޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ގޮތް ކަމަށް ފެނިވަޑައިގަންނަވާކަމަށް ބަންޑާރަނައިބު ވަނީ މަޖިލީހަށް ލަފާ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު