ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 21:25
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ
އަޒުމޫން އަހުމަދު
މީރާ
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
"ޓެކްސް ވީކް" ގަައި ތަފާތު ގިނަ ހަރަކާތްތަކެއް ރޭވިފައިވޭ
މިއީ މީރާއިން "ޓެކްސް ވީކް" ފާހަގަކުރާ ފަސްވަނަ އަހަރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާއިން "ޓެކްސް ވީކް" އެއް ފާހަގަ ކުރަން ނިންމައިފިއެވެ.

 

 މީރާއިން ބުނީ،  "ޓެކްސް ވީކް" ފާހަގަކުރަން ނިންމާފައިވަނީ،  އަންނަ އޯގަސްޓް މަހުގެ 6 ން 11 އަށް ކަމަށެވެ.

 

ޓެކްސް ވީކާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މީރާގެ އިސް އޮފިޝަލަކު ވިދާޅުވީ، "ޓެކްސް ވީކް" ގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީރާގެ "ޓެކްސް ވީކް" ގައި ބާއްވާ ޚާއްޞަ ޙަފްލާގައި ރަންލާރީގެ ނަމުގައި ޚާއްޞަ އެވޯޑެއް ދޭނެކަމަށް މީރާއިން ހާމަކުރިއެވެ. މި އެވޯޑަކީ އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެގޮތުން ތަފާތު ދާއިރާތަކުން މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަފްލާގައި މީރާގެ އެޕް ލޯންޗުކުރުންވެސް އޮންނާނެކަމަށް މީރާއިން ބުނެއެވެ.

 

މީރާގެ "ޓެކްސް ވީކް" ގެ މައިގަނޑު ބޭނުމަކީ މީރާގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައި ޓެކްސާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުންކަމަށް މީރާއިން މަޢުލޫމާތުދެއެވެ. "ޓެކްސް ވީކް"ގައި ހިންގާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި އޯޕަން ޑޭގެ ޙަރަކާތްތަކަކާއި، ލޭހަދިޔާކުރުމުގެ ޙަރަކާތަކާއި ކުޑަކުދިންގެ

ހަވީރެއް ފާހަގަކުރުން ހިމެނެއެވެ.

 

މިއީ މީރާއިން "ޓެކްސް ވީކް" ފާހަގަކުރާ ފަސްވަނަ އަހަރުއެވެ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް