ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 11:04
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް އޮފީސް
ރައީސް ޤައުމާ މުޚާޠަބުކުރެއްވުން
މާލޭ ރައްޔިތުންނަށް ދޫކުރާ 9031 ގޯތީގެ ތެރެއިން، 6500އަށްވުރެ ގިނަ ގޯތީގެ ފަތް ޙަވާލުކުރެވިއްޖެ: ރައީސް
 
އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 2732 ހައުސިންގ ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށްގެންދެވުނު
 
އެކި މަރުޙަލާގައިވާ، ޖުމްލަ 7700 ފްލެޓުގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިހާރު ކުރިއަށްދޭ
 
ހުޅުމާލޭ ފޭސް 3އާއި، ގުޅީފަޅާއި ގިރާވަރު ފަޅު، އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ޙައްލު

މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500އަށްވުރެ ގިނަ ގޯތީގެ ފަތް، ޙައްޤުވެރިންނާ ޙަވާލުކުރެވިފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހި ޖުމްހޫރީ ނިޒާމަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ޤައުމާ މުޚާތަބު ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކުލީފަށް ޙައްލު ހޯދުމަށް މި ފަސް އަހަރު އިސްކަންދެއްވި އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ.

އެ މަސައްކަތުގެ ދަށުން ބަލާއިރު، ހުޅުމާލެ ފޭސް 3އާއި، ގުޅީފަޅާއި ގިރާވަރު ފަޅު، އަދި އުތުރުތިލަ ފަޅަކީ މާލެއަށް އޮތް ޙައްލުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރެއިން 6500އަށްވުރެ ގިނަ ގޯތީގެ ފަތް ޙައްޤުވެރިންނާ ހަވާލުކުރެވިފައި ވާކަމަށެވެ.

މިކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން، މާލޭ ރައްޔިތުންނަށް ދޫކުރާ ޖުމްލަ 9031 ގޯތީގެ ތެރޭން 6500އަށްވުރެ ގިނަ ގޯތީގެ ފަތް ޙައްޤުވެރިންނާ ހަވާލުކުރެވިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އޭގެ އިތުރުންވެސް މަސައްކަތުގެ އެކި މަރުޙަލާގައިވާ ޖުމްލަ 7700 ފްލެޓުގެ މަސައްކަތް މާލޭ ސަރަޙައްދުގައި މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ބުރައަށް ލުޔެއް ހޯދުމުގެ ގޮތުން، ފާއިތުވި ފަސް އަހަރު 2732 ހައުސިންގ ޔުނިޓް، އެކި މަރުޙަލާތަކުގައި ކުރިއަށް ގެންދެވިފައި ވާކަމަށެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން، ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސަރުކާރުން ވަނީ ގޯތި ދޫކުރުން ކުރިއަށްގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި