ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 06:38
އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ސިމިއޯނޭ
އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ސިމިއޯނޭ
ގޫގުލް
އެތްލެޓިކޯ މެޑްރިޑް
ސިމިއޯނޭ އެތްލެޓިކޯ މެޑްރިޑްގެ ކޮންޓްރެކްޓް އާކޮށްފި
އޭނާ މަގާމުގައި 2027ގެ ނިޔަލަށް ހުންނާނެ

އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނޭ އެކުލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

ތިން އަހަރުގެ ކޮންޓްރެކްޓާއެކު އޭނާ މަގާމުގައި 2027ގެ ނިޔަލަށް ހުންނާނެ އެވެ. އެތްލެޓިކޯގެ ކޯޗުކަމާ 2011 ވަނަ އަހަރު ހަވާލުވި ކޯޗު ތިން އަހަރު މަގާމުގައި ހުރެފިނަމަ އޭނާ ވެގެންދާނީ އެންމެ ގިނަ ދުވަހު މަގާމުގައި ހުރި ކޯޗަށެވެ. މިހާރު ވެސް އެކުލަބުގެ އެންމެ ކާމިޔާބު ކޯޗަކީ އޭނާ އެވެ.

އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ސިމިއޯނޭ އެތްލެޓިކޯގެ ކޮންޓްރެކްޓް އާކުރީ އޭނާ އަށް ސައޫދީ އަރަބިއާގެ އަލްހިލާލް އިން ވަރަށް އަގުހުރި އޮފާއެއް ލިބިފައިވަނިކޮށެވެ. ނަމަވެސް 53 އަހަރުގެ ކޯޗު އެތްލެޓިކޯއާއެކު ސޮއިކުރީ އެކުލަބުން އޭނާ އަށް ދެމުން އައި މުސާރަ ވެސް ކުޑަކޮށްފަ އެވެ. މި މުއާމަލާތުގައި އިސްކޮށް އުޅުނީ އޭނާގެ އެޖެންޓް އަދި ދައްކަ ނަޓާލިއާ އެވެ.

ސިމިއޯނޭ ވަނީ އޭނާގެ ކޯޗުކަމުގައި ސްޕެނިޝް ލީގުގެ ތަށި ދެ ފަހަރު ހޯދައިދީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅުވާފަ އެވެ. އޭނާ އަށް އިޓަލީގެ އިންޓަމިލާނުން ވެސް އޮފާ ލިބުނެވެ.

- ކޮމެންޓް