Advertisement
ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 12:05
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ރާއްޖެއެމްވީ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޙުކުމް މިއަދު 16:00ގައި
ދި ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން އަދި ޕީއެންސީން ވަނީ ތަދައްޚުލުވެފައި
މަޖިލިސް އިދާރާ ތަމްސީލުކުރަނީ ބަންޑާރަނައިބުގެ އޮފީހުން
މަޖިލީހުން ޤަވާއިދު މާނަ ކޮށްފައިވާ ގޮތުން މަޖިލީހުގެ އެހެން ޤަވާއިދުތަކުގެ ބާރު ކެނޑިފައިވާކަމަށް އެމްޑީޕީން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޙުކުމް ކުރުން ބުރާސްފަތި ދުވަހުގެ ހަވީރު 16:00ށް ތާވަލުކޮށްފިއެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބްރައީސް ހާޒިރުނުވާ ޙާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅައި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގައި މިހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވަނީ ޖަވާބުދީފައެވެ.

Advertisement

އެމްޑީޕީން މަޖިލިސް އިދާރާއަށް ރައްދުވާގޮތަށް ހުށައަޅާފައިި މިވާ މައްސަލައިގައި ދި ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން އަދި ޕީއެންސީން ވަނީ ތަދައްޚުލުވެފައެވެ. މަޖިލިސް އިދާރާ ތަމްސީލުކުރަނީ ބަންޑާރަނައިބުގެ އޮފީހުންނެވެ.

މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުޙައްމަދު އިބްރާޙީމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް