ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 19:22
ޚާން ޔޫނިސް މިސްކިތް
ޚާން ޔޫނިސް މިސްކިތް
އޭޕީ
އިސްރާއީލް - ފަލަސްތީން ހަނގުރާމަ
އިސްރާއިލުން ފަލަސްތީނުގެ ޚާން ޔޫނިސް މިސްކިތަށް ބޮން އަޅައިފި
 
ހަމަލާގައި އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު ދެނެގަނެވިފައެއް ނުވޭ

އިސްރާއިލުން ފަލަސްތީނުގެ ޚާން ޔޫނިސް މިސްކިތަށް ބޮން އަޅައި މިސްކިތް މުޅިން ސުންނާފަތި ކޮށްލައިފިއެވެ.

އިސްރާއިލުން ދިން މި ބޮމުގެ ހަމަލާގައި އަދި މިހާތަނަށް މަރުވި މީހުންގެ އަދަދު ދެނެގަނެވިފައިނުވާއިރު އެތައް ހާސް މީހުން ޒަޚަމްތައް ލިބިގެން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށްޓަކައި ވަނީ ގެންދެވިފައެވެ.

މި މިސްކިތް ހުންނަ ސަރަހައްދު ކައިރީގައި ބޭކަރީއެއް ވެސް ހުންނައިރު ހަމަލާދިން ވަގުތަކީ ގިނަ ބަޔަކު އެތަނުން ވިޔަފާރި ކުރުމަށް ގޮސްތިބި ވަގުތެކެވެ.

އޮކްޓޯބަރު މަހުގެ 7 ވަަނަ ދުވަހުން ފެށިގެން އިސްރާއިލުން ދޭން ފެށި ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 31 ށްވުރެ ގިނަ މިސްކިތްތަކަށް ހަމަލާދީފައިވާ ކަމަށް ފަލަސްތީނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ތިން ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެދިވަޑައިގެންފައިވާއިރު މި ކަމާ ގުޅޭ ގޮތުން އޭނާ ވަނީ ޒަޔަނިސްޓު އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަފުޅު ދައްކަވާފައެވެ.

ޙަމާސްއިން ބުނީ، ތިން ދުވަހުގެ މުއްދަތަކަށް ޔަހޫދީ ފައުޖުގެ ހަމަލަތައް މެދުކަނޑައިލައިފި ނަމަ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 10 ނުވަތަ 15 މީހުން މިނިވަން ކުރާނެ ކަމުގައެވެ. މިއީ، އަސީރުން މިނިވަން ކުރަން ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަން ޖައްބާރު ނަތަންޔާހޫއަށް ވިސްނައިދޭން ބައިޑަން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ބައިޑަން މިފަދައިން އެދިވަޑައިގެންފައިވާއިރު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވުމުގެ ގޮތުން 320 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމާފައިވާ ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމެރިކާއިން ޔަހޫދީންނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,328ށް އަރާފައެވެ. އޭގެ ތެރޭގައި 4,000 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށްވުރެ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި