ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 10:06
ނޭމާ އާއި އަންހެނުން އަދި އެދެމީހުންގެ ދަރިފުޅު
ނޭމާ އާއި އަންހެނުން އަދި އެދެމީހުންގެ ދަރިފުޅު
މާސާ
ނޭމާ
ނޭމާގެ އަންހެނުންނާއި ދަރިފުޅު ވަގަށް ނަގަން އުޅެފި
 
ވަގުން ވަންއިރު ނޭމާގެ އަންހެނުންނާއި ދަރިފުޅު ތިބީ އެހެން ތަނެއްގައި

ބްރެޒިލްގެ ތަރި ނޭމާގެ ތުއްތު ދަރިފުޅާއި އަންހެނުން ވަގަށް ނަގަން މަސައްކަތް ކުރި ގްރޫޕްގެ ބައެއް މީހުން ބްރެޒިލްގެ ފުހުލުން ހައްޔަރުކޮށްފި އެވެ.

މިކަން މިކުރީ ބްރެޒިލް ހިމެނޭ ދެކުނު އެމެރިކާ ބައްރުގެ ކޮލަމްބިއާގެ ލިވަޕޫލް ފޯވަޑް ލުއިޒް ޑިއާޒްގެ ބައްޕަ ވަގަށް ނެގިތާ ހަފުތާއެއް ފަހުންނެވެ. އޭނާގެ ބައްޕަ އަދިވެސް މިނިވަނެއްނުކުރެ އެވެ.

ސައުޕޯލޯގައި ހުންނަ ކޮންޑޮމީނިއަމްއަކަށް ގޭންގު ގްރޫޕަކުން ވަނީ އެ ތަނުގައި ނޭމާގެ އަންހެނުން ބްރޫނާ ބިއަންކާޑީގެ އެޕާޓްމަންޓެއް ހުރުމުން އެތަނުގައި އޭނާ ދިރިއުޅޭނެ ކަމަށް ބަލައިފަ އެވެ. ނަމަވެސް އެ ގޭންގުން ވަންއިރު އެތަނުގައި އޭނާ ނެތެވެ. އެޕާޓްމަންޓްގައި އުޅެމުންދިޔައީ އޭނާގެ އާއިލާގެ ބައެއް މެންބަރުންނެވެ.

މިދިޔަ މަހު ނޭމާ އަށް ލިބުނު އަންހެން ދަރިފުޅު، މޭވީ އަކީ އޭނާގެ ދެ ވަނަ ދަރިފުޅެވެ. ނަމަވެސް މިއީ ބިއަންކާޑީގެ ފުރަތަމަ ދަރިފުޅެވެ. މި ދެމައިން ނޭމާއާއެކު މިވަގުތު ތިބި ތަނެއް އެއްވެސް ފަރާތަކުން ނުބުނެ އެވެ.

ގޭންގް ގްރޫޕުން ކޮންޑެމީނިއަމް އަށް ވަދެ ނޭމާގެ އަންހެނުންގެ އާއިލާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ބައެއް އަގުހުރި ތަކެތި ވަނީ ވަގަށް ނަގާފަ އެވެ. އޭގެ ތެރޭގައި ގަހަނާ އާއި ރަން ހިމެނޭ ކަމަށް ވެސް ބްރެޒިންގެ ބައެއް ނޫސްތަކުން ބުނެ އެވެ. އަދި މިކަމަކީ އާއިލާގެ ބައެއް މެންބަރުންނާ ގުޅިގެން ކުރި ކަމެއްކަމަށް ވެސް ބައެއް ނޫސްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެއީ މި މައްސަލަ ރިޕޯޓްކުރީ އާއިލާގެ ބަދަލުގައި ކޮންޑޮމީނިއަމްގައި ދިރިއުޅޭ ބައެއް މީހުން ކަމަށްވުމުންނެވެ. އެކަމަކު ގޭންގު ގްރޫޕާއި އެ ގޭގައި އެވަގުތު ތިބި މީހުން ކުރިމަތިލައި ބައެއް މީހުންނަށް ވަނީ އެކިވަރުގެ ހާނިއްކަވެފަ އެވެ.

ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ނޭމާ މިވަގުތުވީ ފައި އޮޕަރޭޝަންކޮށްގެން ކުޅުމާ ދުރުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް