Advertisement
ކ. މާލެ
|
7 ނޮވެންބަރ 2023 | އަންގާރަ 16:21
ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫން
ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫން
ރައީސް އޮފީސް
ގައުމީ ތަރިކަ ދުވަސް
ސެޕްޓެންބަރު 12 ވަނަ ދުވަހަކީ "ރާއްޖޭގެ ގައުމީ ތަރިކަ" ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައިފި
12 ސެޕްޓެމްބަރު ކަނޑައެޅީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރެއްވި ދުވަހަށް ވާތީ
ތަރިކަތައް އަމާނާތްތެރިކަމާއެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ މުހިންމު ކަމެއް

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމާ ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، އެގޮތަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ އެރުވުމުންނެވެ.

ރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވީ، މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން 12 ސެޕްޓެންބަރު 2019 ވަނަ ދުވަހު، ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް، "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު" ތަސްދީގުކުރުމުން، ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބިއޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ގައުމީ ފެންވަރުގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ ސެޕްޓެންބަރު 12 ވަނަ ދުވަސް (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގަނޫނު ވުޖޫދަށް އައި ތާރީޚު) ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ގައުމީ ފެންވަރުގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ، ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާއެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި، އެ ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، ތަރިކައާމެދު ޝައުގުވެރިކަން އުފައްދައި އެ ވާހަކަތައް ދެއްކުމަކީ މުހިންމު ކަމެއް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް