ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 08:57
މެންޗެސްޓާ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން
މެންޗެސްޓާ ޔުނައިޓެޑްގެ ބައެއް ކުޅުންތެރިން
ގޫގުލް
ކުޅިވަރު ޖާޒީތައް
ޔުނައިޓެޑްގެ ކުޅުންތެރިންނަށް އިސްޓާކީނު މާ ބާރު! އޮނާނާގެ ޖާޒީ ވެސް ބާރު!
 
ބައެއް ކުޅުންތެރިން ބޭނުންކުރަމުންދަނީ އޮރިޖިނަލް ޖާޒީއެއްނޫން

މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިން ޖާޒީ އާއި އިސްޓާކީނު ބާރުވުމުގެ ޝަކުވާކޮށްފި އެވެ.

އެކުލަބުގެ ޖާޒީ ތައްޔާކޮށްދެމުން އަންނަ އެޑިޑާސް ކުންފުނިން ވަނީ މި ޝަކުވާތަކާ ގުޅިގެން ބަދަލުތަކެއް ގެންނަން ފަށާފަ އެވެ. މި ގޮތުން އިސްޓާކީނުގައިވާ ޔުނައިޓެޑްގެ ޑެވިލް ލޯގޯ މިހާރު ވަނީ އުނިކޮށްފަ އެވެ. ކުޅުންތެރިން ބުނާ ގޮތުގައި އިސްޓާކީނު މާބޮޑަށް ބާރުވާ އެންމެ މުހިންމު އެއް ސަބަބަކީ ޑެވިލް ލޯގޯ އިސްޓާކީގުގައި ޖަހާފައިވާ ގޮތެވެ. މީގެ އިތުރުން ވިއްސާރަ އަދި ހޫނުގަދަ ވަގުތުތަކުގައި އިސްޓާކީނު ބާރުވުމުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ އުނދަގޫތަކެއްވާކަން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

ޔުނައިޓެޑްގައި ޖާޒީގެ މައްސަލަ އެންމެ ބޮޑުވެފައިވަނީ ކީޕަރު އަންދްރޭ އޮނާނާ އަށެވެ. އޭނާ ބުނާ ގޮތުން ޖާޒީ އޭނާ އަށް ބާރެވެ. މިހެންވެ މެޗުތަކުގައި އުނދަގޫތަކެއް ދިމާވެ އެވެ. މިހެންވެ އެޑިޑާސްއިން ވަނީ އޭނާގެ ގަޔަށް ފިޓުވާވަރަށް އަލުން ޖާޒީއެއް ފަހައިދޭން އެއްބަސްވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކިޓުގެ މައްސަލަ ބޮޑުވުމުން އެޑިޑާސް އަށް އައު ޖާޒީތައް ތައްޔާރުކޮށްދެވެންދެން މިދިޔަ އޮގަސްޓްމަހުން ފެށިގެން ބައެއް ކުޅުންތެރިން ބޭނުންކުރަމުންދަނީ އޮރިޖިނަލް ޖާޒީއެއްނޫނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ - ގޫގުލް

ޖާޒީއާ ބެހޭ ގޮތުން އޮނާނާ ކުރި ޝަކުވާ އެޑިޑާސްއިން ވެސް ވަނީ ބަލައިގެންފަ އެވެ. އެއީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކީޕަރު ޑޭވިޑް ޑެހެޔާގެ ކީޕަރު ޖާޒީ އޭނާގެ ގަޔަށް މާ ދޫކޮށް ހުންނަ ކަމަށް މައްސަލަ ޖައްސާފައިވާތީ އެވެ. އެޑިޑާސްއިން ޖާޒީ ފަރުމާކޮށްފައިވަނީ ކުޅުންތެރިންގެ މިންނެގުމުގެ ބަދަލުގައި ކުޅުންތެރިޔާގެ ހަށިގަނޑުގެ ބައްޓަމާއި އިސްކޮޅާއި ރޫފަ އަށް ބަލައި ލަފާކުރާ މިނަކަށެވެ. އޮނާނާ އަށް ޖާޒީ ބާރުވީ ޑެހެޔާ ޖާޒީ ބޮޑުވެގެން މައްސަލަ ޖައްސާފައިވުމުން މި ސީޒަނަށް އެޑިޑާސްއިން ކީޕަރު ޖާޒީ ހިމަކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ ޖާޒީގެ މައްސަލަ މި ސީޒަނުގައި ޖެއްސި ފުރަތަމަ ކުލަބެއްނޫނެވެ. އެސްޓަން ވިލާގެ ކުޅުންތެރިން ބުނަނީ ދާހިތްލުމުން ޖާޒީ މާބޮޑަށް ބަރުވާ ކަމަށެވެ. އަދި ވިލާގެ އަންހެން ކުޅުންތެރިން ވަނީ ޖާޒީގައި ދާއޮހެރޭނެ ލޯވަޅުތަކެއް ނެތުމުން މައްސަލަ ޖައްސައިފަ އެވެ. ނިއުކާސަލްއިން ވަނީ ޖާޒީގެ މައްސަލަ ދިމާވުމުން އަންނަ ސީޒަނުން ފެށިގެން އެޑިޑާސް ޖާޒީ ލާން ނިންމައިފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް