Advertisement
ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 20:31
އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަންކުރުން
އާ ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަންކުރުން
އާ ސަރުކާރުގެ ކެބިނެޓް
އާ ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 21 ބޭފުޅަކު އައްޔަން ކުރައްވައިފި
އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން
އެ މިނިސްޓަރުންނާ އެކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމް ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ
އެ ބޭފުޅުން ހުވާކުރެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި

އާ ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 21 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އާ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ހުވާ ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ރޭ ރައީސް އޮފީހުގައެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާނެވެ.

މި ސަރުކާރުގެ ކެބިނެޓަށް ބޭފުޅުން އައްޔަންކުރައްވާފައިވާ ގޮތަށް ބަލާއިރު މިނިސްޓަރ އޮފް ޑިފެންސްއަށް ޣައްސާން މައުމޫނު، މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަގާމަށް އަމީން (ކެޕްޓަން އަމީން)، މިނިސްޓަރ އޮފް ލޯކަލް ގަވަރުނަންސް އަށް އާދަމް ޝަރީފް އުމަރު އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރގެ މަޤާމަށް ޑރ. އައިޝަތު ރަމީލާ ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ މަގާމަށް މުހައްމަދު ސައީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމަށް އިބްރާހިމް ފައިސަލް، މިނިސްޓަރ އޮފް ހައުސިންގގެ މަގާމަށް ޑރ. ހައިދަރު އަހުމަދު، މިނިސްޓަރ އޮފް އިސްލާމިކް އެފެެއަރޒްގެ މަޤާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އައްޔަންކުރައްވާފައެވެ.

ހަމައެހެންމެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ މަޤާމަށް މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިޝަރީޒް އަށް އަހުމަދު ޝިޔާމްގެ އިތުރުން، މިނިސްޓަރ އޮފް ހޯމް އެފެއަރޒްކަމަށް ޑރ. އަލީ އިހުސާނު އަދި މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަނަށް ޑރ. މަރިޔަމް މާރިޔާ ވަނީ އައްޔަންކުރައްވާފައެވެ.

Advertisement

އަދި މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ޑރ. އަބްދުﷲ ހަލީލު، މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަގާމަށް ޑރ. އިސްމާއިލް ޝަފީއު، މިނިސްޓަރ އޮފް ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރަކަށް ތޯރިގު އިބްރާހިމް، މިނިސްޓަރ އޮފް ޖެންޑަރގެ މަޤާމަށް ޑރ. އައިޝަތު ޝިހާމް ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އިފް ސްޕޯޓްސްގެ މަޤާމަށް ޑރ. އަބްދުﷲ ރާފިއު، ގައުމިއްޔަތު މިނިސްޓްރީއަށް އާދަމް ނަސީރު އިބްރާހިމް، މިނިސްޓަރ އޮފް ފިނޭންސްއަށް ޑރ. މުހައްމަދު ޝަފީގު އަދި މިނިސްޓަރ ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް އިބްރާހިމް ވަހީދު (އަސްވާޑު)ގެ އިތުރުން މިނިސްޓަރ އޮފް އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން އަށް ޑރ. އަބްދުﷲ މުއްތަލިބު ވަނީ އައްޔަންކުރައްވާފައެވެ.

އައު މިނިސްޓަރުންނާ އެކު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމް ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް