ޔަހޫދީ އިސްރާއީލަށް ތާއީދުކޮށް މީސްމީޑިއާގައި ވާހަކަދެއްކި ދިވެއްސަކާއި ދެކޮޅަށް މާލޭގައި އަޑު އުފުލައިފިއެވެ.
އޭނާ އާއި ދެކޮޅަށް އާއްމުންގެ ތެރެއިން ބަޔަކު އަޑު އުފުލާ، އޭނާގެ އެ އަމަލު ކުށްވެރިކޮށް އަޑު އުފުލާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އޭނާ އާއި ދެކޮޅަށް އަޑު އުފުލާފައި ވަނީ އޭނާ މާލެ އައި ވަގުތެވެ.
ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ޒުވާނުންތަކެއް އޭނާ ވަށާލުމަށް ފަހު އަޑު އުފުލާ މަންޒަރެވެ. އަދި އޭނާ ފުލުހުންގެ ކާރަކަށް އަރާ މަންޒަރު ފެނެއެވެ.
އެ ސަރަހައްދުގެ މަސްލަހަތު އޭރު އޮތް ގޮތުން ފުލުހުންގެ ހިމާޔަތުގައި އެ ޒުވާނާ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ.