ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 05:20
ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި
ކްރައިމް ސީނެއްކަން އަންގައިދޭ ޓޭޕް ދަމާފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
މާރާމާރީގެ މައްސަލަތައް
މާލޭގައި 2 މާރާމާރީއެއް ހިންގައިފި
ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ބަލަމުންދާ ކަމަށް
ދެ ވަނަ މާރާމާރީ ހިންގީ ހޮނިހިރު ދުވަހުގެ ރޭގެ 10:34 ހާއިރު
ހޮނިހިރު ދުވަހުގެ ރޭ 9:46 ހާއިރު މާރާމާރީއެއް ހިންގާފައިވޭ

ހޮނިހިރު ދުވަހުގެ ރޭ މާލެ ސިޓީގައި ދެ މާރާމާރީއެއް ހިންގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ ދެ ވަނަ މާރާމާރީ ހިންގީ ހޮނިހިރު ދުވަހުގެ ރޭގެ 10:34 ހާއިރު ހެންވޭރު ގެއެއްގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް