ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 21:56
އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާ
އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާ
އަނަސް އަލް ޝަރީފް
އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން
އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ ހޮސްޕިޓަލުތަކަށް!
 
އަލް ޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި 15 ވަރަކަށް މީހުން ވަނީ މަރުވެފައި

ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުން ހަމަލާތައް ދޭން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އިސްރާއީލުން ހަމަލާ ދޭން ފަށާފައިވަނީ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލާއި އަލް ޤުދުސް ހޮސްޕިޓަލާއި އިންޑިނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށްގެންނެވެ. އަލްޝިފާ ހޮސްޕިޓަލުގެ އެމްބިއުލާންސްތަކަށް ދިން ހަމަލާގައި އެތައް ބަޔަކު ވަނީ މަރާލައިފައެވެ.

ޣައްޒާގެ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުން އަލް ޝިފާ ހޮސްޕިޓަލުގެ އެމްބިއުލާންސްތަކަށް އަމާޒުކޮށް ދިން ހަމަލާގައި 15 ވަރަކަށް މީހުން ވަނީ މަރާލައިފައެވެ. އެ އެމްބިއުލާންސްތަކަކީ އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވި މީހުން ގޮވައިގެން އަލް ޝިފާ ހޮސްޕިޓަލުން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގެންދިއުމަށް އުޅުނު އެންބިއުލާންސްތަކެކެވެ. މީގެ ތެރޭގައި ރެޑް ކެރެސެންޓްގެ އެމްބިއުލާންސެއް ވެސް ހިމެނެއެވެ.

މި ހަމަލާގައި 15 ވަރަކަށް މީހުން މަރާލާފައިވާއިރު އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އަލްޝިފާ ހޮސްޕިޓަލުގެ އިތުރުން އިންޑޮނޭޝިއަން ހޮސްޕިޓަލު ކައިރިއަށް ވެސް އިސްރާއީލުން ވަނީ ބޮން އަޅަައިފައެވެ. މި ހަމަލާގައި ވެސް އެތައް ފުރާނައެއް ގެއްލިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެ ސަރަހައްދަކީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އައި ސަރަހައްދެކެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން އަންނައިރު މިހާތަނަށް ޣައްޒާއިން 9000 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތައް ހުއްޓާލުމަށް ބައެއް ޤައުމުތަކުން ގޮވާލި ނަމަވެސް އެމެރިކާގެ އެއްބާރުލުމާއެކު އިސްރާއީލުން ދަނީ ދުވަހެއް ދުވަހަކަށް ހަމަލާތައް ވަރުގަދަކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި