ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 08:06
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލް
ބަޖެޓު 2024
އައު ސަރުކާރުގެ 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ
 
އަންނަ އަހަރަށް ލަފާކޮށް، 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވޭ
 
އަންނަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކ. ފުށިދިއްގަރުފަޅު ހިއްކުން
 
ކ. ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވޭ

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި 458 މަޝްރޫއުއަކަށް، 1.5 ބިލިއަން ރުފިޔާ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޖެޓު ރިޕޯޓުން ދައްކާ ގޮތުން، އައު ސަރުކާރުން މުޅިން އަލަށް 314 މަޝްރޫއެއް ފަށާއިރު، ބާކީ ހުރި 144 މަޝްރޫއު އަކީ މިހާރު ވެސް ހިންގަމުން އަންނަ މަޝްރޫއުތަކެވެ.

މި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން، މި އަންނަ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްޤީ ކުރަން ނިންމާފައިވާ ކ. ފުށިދިއްގަރުފަޅު ހިއްކުމެވެ. އެގޮތުން މި ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން ފައިސާ ޚަރަދުކުރަން ބަޖެޓުގައި 3 ގޮތެއް ވަނީ ހިމަނާފަ އެވެ. އެއީ އަންނަ އަހަރަށް 400 މިލިއަން ރުފިޔާ، 2025 ވަނަ އަހަރަށް 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރަށް 350 މިލިއަން ރުފިޔާ އެވެ.

ބަޖެޓުގައި މި އަދަދުތައް ހިމަނާފައި ވީ ނަމަވެސް، އެ ފައިސާ ހޯދާނެ ގޮތެއް އަދި ކަނޑައަޅާފަ އެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެ ބަޖެޓުގެ ޚަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ހިމަނާފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށްވާ 8.6 ބިލިއަން ރުފިޔާ އެވެ.

އެގޮތުން އެފަދަ މަސައްކަތްތަކުގެ ތެރެއިން އެއާޕޯޓު އެޅުމަށް އެކަނި ވެސް ވަނީ 3.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުތަކަށް ވެސް ބަޖެޓުގައި ވަނީ 1.6 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް