ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 17:52
ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ
ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ
ރޮއިޓާސް
ހަނގުރާމަ ހުއްޓާލަން ކެނެޑާއިން ގޮވާލުން
ޣައްޒާއަށް އެހީ ގެނައުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ކެނެޑާއިން ގޮވާލައިފި
ކެނެޑާއިން މަސައްކަތް ކުރަނީ އާންމުންގެ ކަންބޮޑުވުމާއި އެކުވެރިއަކަށް ތާއީދުކުރުމާ ދެމެދު ބެލެންސް ވިސްނުމެއް ގެންގުޅެން

ޣައްޒާއަށް އެހީ ގެނައުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ކެނެޑާއިން ގޮވާލައިފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު މެލަނީ ޖޯލީ އިންސާނިއްޔަތަށްޓަކައި ޣައްޒާއަށް އެހީފޯރު ކޮށްދިނުމުގެ ފުރުސަތު ދިނުމަށް، ކުރާ ހަނގުރާމަތައް ވަގުތީ ގޮތުން މެދުކަނޑާލަން ގޮވާލައްވައިފައިވީ ނަމަވެސް ދާދި ފަހުން އދ.ގެ ހަނގުރާމަ ހުއްޓާލުމުގެ ޤަރާރުގައި ކެނެޑާއިން ބައިވެރިވެފައެއް ނުވެއެވެ. 

ޖޯލީ ވިދާޅުވީ ފަލަސްތީނަށް ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތު ވަރަށް ގޯސް ކަމަށެވެ. އަދި ކެނެޑާގެ 400 އެއްހާ މީހުން ވެސް ޣައްޒާގައި ތާށިވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ އަމިއްލަ ދިފާއުގައި އިސްރާއީލުގެ ހައްގު ކަށަވަރުކޮށްދެއްވަމުން ޖޯލީ ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގައި ހަނގުރާމައިގެ އެއްބަސްވުމަށް ގޮވާލާ ގަރާރުން އެއްކިބާވި ނަމަވެސް އިންސާނީ އެއްބަސްވުމެއް މިހާރުން މިހާރަށް ބޭނުންވާ ކަމަށެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނަށް އިސްރާއީލުން ވަޒަންވެރިން ދިން ހަމަލާތަކަށް ވެސް ކެނެޑާއިން ވަނީ ފާޑުކިޔާފަ އެވެ. ޖޯލީ ތަކުރާރުކޮށް ވިދާޅުވީ އިޒްރޭލުން އަމަލު ކުރަން ޖެހޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނަމަވެސް ޣައްޒާގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ހަނގުރާމައިގައި އިންސާނިއްޔާތާ ޚިލާފު ޖަރީމާތައް އިސްރާއީލު ސިފައިން ހިންގަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ. ކެނެޑާއިން ނެރޭ މިފަދަ ބަޔާންތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ޢަމަލުތައް ކުށްވެރި ނުކުރާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ކެނެޑާއިން މަސައްކަތް ކުރަނީ އާންމުންގެ ކަންބޮޑުވުމާއި އެކުވެރިއަކަށް ތާއީދުކުރުމާ ދެމެދު ބެލެންސް ވިސްނުމެއް ގެންގުޅެން ކަމަށެވެ. އެހެންނަމަވެސް، މި ކަންކަމުން އެނގުނީ، އދ.ގެ ހަނގުރާމަ ހުއްޓާލުމުގެ ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރަން ބޭނުންނުވާ ކަމެވެ.

ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ކެނެޑާއިން ގޮވާލިޔަސް، ޝަރުތެއް ނެތި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލާ ގޮވާލުންތަކުގައި ބައިވެރިވުމަށް ކެނެޑާ އިންވެސް ފަސްޖެހެ އެވެ. ކެނެޑާގެ ފޯކަސް އޮތީ އިންސާނީ އެހފޯރުކޮށްދިނުމަށެވެ.

- ކޮމެންޓް