ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 21:07
ރައީސް ނަޝީދު
ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އަންގާރަ ދުވަހުގެ ޖަލްސާ އަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރި ސަބަބު ސާފުކޮށްދޭން އެދިއްޖެ
އަންގާރަ ދުވަހުގެ އެޖެންޑާ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް އިސްލާހުކުރުމަށް ވެސް އެދިވަޑައިގެންފައިވޭ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ވަނީ ކީއްވެގެންތޯ ސާފުކޮށްދެވުމަށް އެ ސިޓީގައި އެދިވަޑައިގަންނަވާފައިވޭ
31 އޮކްޓޯބަރވާ އަންގާރަ ދުވަހަށް ތާވަލްކުރި ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވޭ

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވާ ސަބަބު ސާފުކޮށްދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާ އަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ފޮނުއްވި ސިޓީގައި ވަނީ އާދިއްތަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިކަން ފާހަގަކުރައްވާފައެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށަހަޅާފައިވާ ގަރާރެއްކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަން މެމްބަރުންނަށް އަންގަވާ އެ ޖަލްސާ ޖެހިގެން އައި ހޯމަ ދުވަހަށް އެޖެންޑާކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

އެ ޖަލްސާގެ ނޯޓިސް މެމްބަރުންނަށް ފޮނުވުމަށް ފަހު އެ ޖަލްސާ ކެންސަލްކުރެއްވިކަން މެމްބަރުންނަށް އެންގެވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަސްލަމްގެ ސިޓީގައި އިތުރަށް ވިދާޅުވީ އާދިއްތަ ދުވަހުގެ (29 އޮކްޓޯބަރ)ގެ ޖަލްސާގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން ސެކެޓްރީ ޖެނެރަލް އިއުލާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމަށް ވާއިރު މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބުނާ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރު ޖެހިގެން އަންނަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކުރާނެކަމަށް ވިދާޅުވެފައިވާކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންނަމަވެސް 30 އޮކްޓޯބަރގެ ޖަލްސާ ކެންސަލް ކުރައްވާ، 31 އޮކްޓޯބަރވާ އަންގާރަ ދުވަހަށް ތާވަލްކުރި ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވެއެވެ. އެހެންކަމުން ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ވަނީ ކީއްވެގެންތޯ ސާފުކޮށްދެވުމަށް އެ ސިޓީގައި އެދިވަޑައިގަންނަވާފައިވެއެވެ. އަދި އަންގާރަ ދުވަހުގެ އެޖެންޑާ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް އިސްލާހުކުރުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް