ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 19:15
ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމް އަބްދުލް ލހަކީމް
ކަނޑިތީމު ދާއިރާގެ މެމްބަރު، އަބްދުﷲ ޝަހީމް އަބްދުލް ލހަކީމް
މަޖިލީހުގެ ރިޔާސަތުން އަމަލުކުރާ ގޮތް
"މަޖިލީހުގެ ރިޔާސަތުން އަމަލުކުރާގޮތުން ދޭ މެސެޖަކީ، ގާނޫނާއި ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ހަދާލެވިދާނެކަން"
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކުރި
މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާތީ އެ ޖަލްސާ ކުރިއަކަށް ނުގެންދެވުނު
މިއަދު މަޖިލީހުގައި ޑިމޮކްރަސީގެ ނަމުގައި ދެމުންދަނީ ވަރަށް ނުބައި މެސެޖެއްކަމަށް ޝަހީމް ވިދާޅުވި

މަޖިލީހުގެ ރިޔާސަތުން މިއަދު ދޭ މެސެޖަކީ، ދެން އަންނަ ދައުރެއްގައި ގާނޫނާއި ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ހަދާލެވިދާނެކަމުގެ މެސެޖުކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރިއެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަންނަވާތީ އެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ. އެހެންކަމުން މި މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި އެމްޑީޕީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެކަމަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ، އެއީ ވަރަށް ދެރަ ކަމެއް ކަަމަށެވެ. ގާނޫނު އަސާސީން ދައުލަތުގެ އެއް މުއައްސަސާ ބަންދުވެފައި އޮންނަން ތަން ނުދޭކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

ޝަހީމް ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ވޯޓަށް ބިރުފުޅުން ކަމަށެވެ. މީގެ އިތުރުން އެފަދަ ކަމަކާމެދު ކޯޓަށް ދާން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިއަދު މަޖިލީހުގައި ޑިމޮކްރަސީގެ ނަމުގައި ދެމުން ދަނީ ވަރަށް ނުބައި މެސެޖެއް ކަމަށާއި، އެ ފުރުސަތު ހުޅުވާނުލުމަށް ގާނޫނުގެ ތެރެއަށް ހުރިހާ އެންމެން ފައްތަންޖެހޭ ކަމަށެވެ.

މިހާރު އެމްޑީޕީން ކުރާ މަސައްކަތަކީ، މަޖިލީހުގެ ހައިބަތާއި މަޖިލީހުގެ ހައިސިއްޔަތު ހިފަހައްޓަން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގައި މަސައްކަތްކުރައްވަނީ ކުރިއަށް އޮތް ބަޖެޓަށްވެސް ހުރަސްއެޅޭ ގޮތަށް ކަމަށާއި، އެކަމަށް ފުރުސަތު ދެވެން ނެތްކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް