ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 10:03
ސައުދީ ޕްރޯ ލީގުގައި އަލް ފާތެހް އަދި އަލް ރައީދު ކުޅުނު މެޗުގެ ތެރެއިން
ސައުދީ ޕްރޯ ލީގުގައި އަލް ފާތެހް އަދި އަލް ރައީދު ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލް ރައީދު ބަލިކޮށް، އަލް ފާތެހް ތިން ވަނައިގައި
އަލް ފާތެހް ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 11 މެޗުން 23 ޕޮއިންޓާއެކު

ސައުދީ ޕްރޯ ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ފާތެހް އިން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ފާތެހް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ފާތެހް އިންނެވެ. މެޗު ފަށައިގެން 28 ވަނަ މިނެޓުގައި އަލް ފާތެހް އަށް ލީޑު ނަގައިދިނީ ތައުފީގު ބުހިމެދު އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ކްރިސްޓިއަން ޓެލޯ އެވެ. އޭގެ ކުރިން އޭނާ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. މެޗުގައި އަލް ރައީދުގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ލަނޑު ޖަހައިދިނީ ކަރީމް އެލް ބާކައު އެވެ.

މޮޅާއެކު އަލް ފާތެހް ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 11 މެޗުން 23 ޕޮއިންޓާއެކު އެވެ. އަލް ފާތެހް އަށް ވުރެ މެޗެއް މަދުން ކުޅެގެން ފަސް ވަނައިގައި އޮތް އަލް ނަސްރަށް ލިބެނީ 22 ޕޮއިންޓެވެ. ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ތާވަލްގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އަލް ނަސްރަށް އޮންނާނެ އެވެ.

- ކޮމެންޓް