ކ. މާލެ
|
27 އޮކްޓޯބަރ 2023 | ހުކުރު 17:19
ހަމާސް އިން ގެންދިޔަ ގައިދީއެއް
ހަމާސް އިން ގެންދިޔަ ގައިދީއެއް
ނިއު ޔޯކް ޓައިމްސް
ހަމާސް
ހަމަލާތައް ހުއްޓާލައިގެން ނޫނީ ގައިދީން މިނިވަނެއް ނުކުރެވޭނެ: ހަމާސް
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ހަމާސް އިން ހައްޔަރުކުރި މީހުންގެ ތެރެއިން 50 މީހުން މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނޭ

ނުލަފާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްނުވަނީސް މެނުވީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލު ގައިދީން ދޫކޮށްނުލެވޭނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އަލް ޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަމާސްގެ ފަރާތުން އަބޫ ހާމިދު ނަމަކަށް ކިޔާ އޮފިޝަލަކާ ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި ފަލަސްތީނުގެ އެކި ފެކްޝަންތަކުން ޣައްޒާއަށް ގެންދިޔަ އެންމެން ހޯދުމަށް އެ ޖަމާއަތަށް ވަގުތު ބޭނުންވާ ކަމަށެވެ.

އެގޮތުން އޭނާ ބުނި ގޮތުގައި ހަމާސްގެ ވިސްނުމަކީ ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ގައިދީންތައް ދޫކުރުމެވެ. އެހެން ނަމަވެސް އޭނާ ބުނީ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ހަމާސް އިން ހައްޔަރުކުރި މީހުންގެ ތެރެއިން 50 މީހުން މަރުވެފައިވާ ކަމަށެވެ.

ހަމާސްގެ ފަރާތުން އަބޫ ހާމިދު ނަމަކަށް ކިޔާ އޮފިޝަލަކު މައުލޫމާތު ދީފައިމިވަނީ އެ ޖަމާއަތުން ބުރާސްފަތި ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ކުރި ދަތުރުގަ އެވެ.

އެގޮތުން މޮސްކޯއިން ރިޕޯޓްކުރަމުން އެ ގައުމުގެ ނޫސްވެރިޔާ ޔޫލިއާ ޝަޕޯވަލޯވާ ވިދާޅުވީ ހަމާސްގެ ވަފުދުގެ މި ދަތުރަކީ ހަނގުރާމައިގެ އެއްފަރާތުގައި އޮތް ގައުމެއް ނޫން ކަމަށް އިއުލާނު ކުރުމަށް ރަޝިއާއިން ކުރި މަސައްކަތެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ.

މޮސްކޯއިން ބޭނުންވަނީ "ސަރަހައްދީ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ދެމިއޮތުމާއި، ހަމާސްގެ މަންދޫބުންނާ ބައްދަލުކޮށް، ހަމަނުޖެހުންތަކުގެ މެދުވެރިވުމަށް މަސައްކަތް ކުރާ" ކަން ދެއްކުމަށް ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް