ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 19:55
ޣައްޒާގެ އާއްމުން ސުންނާފަތިވެފައިވާ ގެތައް ކައިރީގައި ހަރަކާތްތެރިވަނީ
ޣައްޒާގެ އާއްމުން ސުންނާފަތިވެފައިވާ ގެތައް ކައިރީގައި ހަރަކާތްތެރިވަނީ
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7000ށް އަރައިފި
ސިއްހީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް 72 ހަމަލާއެއް ފޮނުވާލާފައި ވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނޭ
400 އަށްވުރެ ގިނަ ޓާގެޓަށް އަންގާރަ ދުވަހު އެކަނިވެސް ވަނީ ހަމަލާދީފައި
މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 700ން މައްޗަށް އަރާފައި

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7000 މައްޗަށް އަރައިފިއެވެ.

ބައިނަލްއަގުވާމީ ނޫސް އިދާރާއެއް ކަމަށްވާ އަލްޖަޒީރާ، އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ މިދިޔަ 24 ގަޑިއިރަކީ އެންމެ ގިނަ މީހުން ޣައްޒާގައި މަރުވި 24 ގަޑިއިރު ކަމަށެވެ. މީގެ ކުރިން އަދާ ހަމަތައް ހިއްސާކުރިއިރު، މަރުވި މީހުން އަދަދަކީ 6546އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނޭއިރު 400އަށްވުރެ ގިނަ ޓާގެޓަށް އަންގާރަ ދުވަހު އެކަނި ވެސް ވަނީ ހަމަލާ ދީފައެވެ. އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށްފައި ވަނީ އެއީ ހަމާސްގެ އައްޑާތަކަށް ދޭ ހަމަލާތަކެއް ކަަމަށް ބުނެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަޕްޑޭޓްތައް އަދިވެސް ލިބެމުންދާއިރު، ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 700ން މައްޗަށް އަރާފައެެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު، ސިއްހީ ޚިދުމަތްދޭ ތަންތަނަށް އަމާޒުކޮށް 72 ހަމަލާއެއް ފޮނުވާލާފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އަދި މި ހަމަލާތަކުގައި ސިއްހީ ޚިދުމަތްދޭ 34 ތަނެއް ހަލާކުވެފައި ވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް