ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 23:12
ޔާސިރު އަބްދުލް ލަތީފް
ޔާސިރު އަބްދުލް ލަތީފް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ
މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކުރިއަށް ގެންދަވަނީ ސިލެކްޓިވްކޮށް: ޔާސިރު
 
ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއެ ކުރެއްވީ ސިޔާސީ ގޮތުން ގަބޫލުފުޅުކުރައްވާ ހަމަތަކެއްގެ މައްޗަށް
 
އެޖެންޑާގެ ކަންކަން ތަރުތީބުވަމުން އަންނަނީ ރިޔާސަތުން ބޭނުންފުޅުވާ ގޮތަށްކަށް
 
ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލައިގައި ސޮއެކުރެއްވުން ވެގެންދިޔައީ އުދަނގޫފުޅުކަމަކަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ކުރިއަށް ގެންދަވަނީ ސިލެކްޓިވްކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަޠީފް ވިދާޅުވެއްޖެއެވެ.

Advertisement

ޔާސިރު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގެ އެޖެންޑާ ސިލެކްޓިވްކޮށް ކުރިއަށްގެންދަވާ ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެޖެންޑާގެ ކަންކަން ތަރުތީބުވަމުން އަންނަނީ ރިޔާސަތުން ބޭނުންފުޅުވާ ގޮތަށްކަމަށްވެސް ޔާސިރު ފާހަގަކުރެއްވިއެވެ.

ހަގީގަތުގައި ސިޔާސީ ބޭފުޅުން މިކަން ދިރާސާ ކުރައްވާއިރުގައި ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެ. ފަހަރުގައި އަޅުގަނޑުމެން މިހެން ދުރުގައި ތިބެފަ މިހެން ބަލާލާއިރު ކޮންމެ ގޮތެއްވިޔަސް އެޖެންޑާއަކުން ފާހަގައެއްނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ މަޖިލީހުގެ ތެރޭގައި މި މަސައްކަތް ކުރާ ބައެއް. ކުރާއިރުގައި އެ އެޖެންޑާ އަންނަ ގޮތާއި ޚާއްސަކޮށް އެ އެޖެންޑާގެ ކަންތައްތައް އެ ހިމެނޭއިރުގައި ވަކި ރިޔާސަތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުވާކަށް މީ ހަމަ ޔަގީނުންވެސް އަޅުގަނޑަކަށް އޮޅިފައިއޮތް ކަމެއް ނޫން. އަޅުގަނޑެއް ގަބޫލެއް ނުކުރަން ރިޔާސަތާ ހުންނެވި އެއްވެސް ބޭފުޅަކަށް ދެންނެވޭ ބަދުބަހެއް ކަމުގައެއް.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަޠީފް

މީގެއިތުރުން ޔާސިރު ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލައިގައި ސޮއެކުރެއްވުން ވެގެންދިޔައީ އުދަނގޫފުޅުކަމަކަށް ނަމަވެސް، ސިޔާސީ ގޮތުން ގަބޫލުފުޅުކުރައްވާ ހަމަތަކެއްގެ މައްޗަށް އެ ނިންމުން ނިންމެވުން މުހިއްމުކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެންމެ ރޭވުންތެރިކަމާއެކު، ސިޔާސީ މަސައްކަތްތައް ކުރެވޭ ޕާޓީއަކީ އެމްޑީޕީ: ޔާސިރު
މަސްދޯނިތަކަށް ސިފައިން އަރާ ވާހަކަދެކެވޭއިރު، މިއަދުގެ ރައީސަށް އެކަމާ ބަހެއް ވިދާޅުވާން ކެރިވަޑައިނުގެންނެވި: ޔާސިރު
ވަޒީރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވަރަށް ބޮޑަށް ހޯދާނަން: މެންބަރު ޔާސިރު
މުސާރައިގެ ބަދަލަކީ އެމްޑީޕީގެ ފައިދާއަށް ކުރި ކަމެއްނަމަ އެކަން ކުރާނީ ދައުރު ނިމެންވީމައެއް ނޫން: ޔާސިރު
ރާއްޖޭގެ ފޮރިން ޕޮލިސީ ދިގު މުއްދަތަށް ކަނޑައަޅަންޖެހޭ: މެންބަރު ޔާސިރު
ސަރުކާރު ހިންގުމުގެ ހަރަދުކުޑައެއް ނުކުރޭ، ފެންނަނީ ކޯޅިކޯޅިއަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރާ މަންޒަރު: މެންބަރު ޔާސިރު
ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ ނިންމަންޖެހޭ މުހިންމު މަޝްރޫޢުތައް މިވަގުތަށް އެބަހުރި: ޔާސިރު
އިންތިޚާބީ ރައީސް، މުއިއްޒުއަށް މިނިވަންކަމާއެކު ވެރިކަން ކުރެއްވިދާނެކަމަށް ގަބޫލެއްނުކުރެވޭ: މެންބަރު ޔާސިރު