ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 08:30
އދގެ އާންމު މަޖިލީހުގެ ރައީސް އަރަބި ގައުމުތަކުގެ އެމްބެސެޑަރުންނާއެކު
އދގެ އާންމު މަޖިލީހުގެ ރައީސް އަރަބި ގައުމުތަކުގެ އެމްބެސެޑަރުންނާއެކު
ޔޫއެން ފޮޓޯ
އދގެ އާންމު މަޖިލިސް
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
 
ސަލާމަތީ މަޖިލީހަށް އަމަލު ނުކުރެވޭ ވަގުތު އާންމު މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭ

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ހާއްސަ ކުއްލި ޖަލްސާއެއް ބާއްވާނީ ފަލަސްތީނުގެ "ބޮޑު ހާލަތާ" ގުޅޭ ގޮތުން އުރުދުން އާއި މޮރިޓޭނިއާ އިން، ގިނަ ގައުމުތަކެއް ފަހަތުގައި ތިބެގެންނެވެ.

މި ބުރާސްފަތި ދުވަހު 193 މެންބަރުންގެ ބައްދަލުވުން ބާއްވަން އިއުލާން ކުރެއްވުމަށް ފަހު އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސް ވިދާޅުވީ ސަލާމަތީ މަޖިލީހަށް އަމަލު ނުކުރެވޭ ވަގުތު އާންމު މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިދިޔަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރު ބަލައިނުގަތުމަށް އެމެރިކާއިން ވީޓޯ ކުުރުމުގެ ބާރު ބޭނުންކުރި އިސްރާއީލާއި ހަމާސް ހަނގުރާމައާ ގުޅޭ ގޮތުން އާ ގަރާރެއް އެކުލަވާލުމަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުން މިހާރު ދަނީ ވިސްނަމުންނެވެ.

އަރަބި ގައުމުތަކުގެ ޗެއަރ ކަމުގައިވާ އުރުދުންގެ އެމްބެސެޑަރ، އޯއައިސީގެ ޗެއަރ ކަމުގައިވާ މޮރިޓޭނިއާއި އަދި މިސްރާއި ފަލަސްތީނުގެ އެމްބެސެޑަރުންނާއި، އދ ގެ އާންމު މަޖިލީހުގެ ރައީސް ވަނީ ބައްދަލުކުރައްވާ މެދު އިރުމަތީގެ ކާރިސާއާއި ގުޅިގެން މަޝްވަރާކުރައްވާފައެވެ. އަދި ބުރާސްފަތި ދުވަހު އދގެ އާންމު މަޖިލީހުގެ އެމަރޖެންސީ ޚާއްސަ ސެޝަނެއް ބާއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު