ކ. މާލެ
|
22 އޮކްޓޯބަރ 2023 | އާދީއްތަ 08:59
ޔަހޫދީން ދިން ހަމަލާގައި ޣައްޒާގެ އިމާރާތެއްގައި ރޯވެފައި
ޔަހޫދީން ދިން ހަމަލާގައި ޣައްޒާގެ އިމާރާތެއްގައި ރޯވެފައި
އަލް ޖަޒީރާ
ޣައްޒާއަށް ހަމަލާދިނުން
ޔަހޫދީން ރޭގައި ދިން ހަމަލާތަކުގައި އެކަނިވެސް 9 މީހަކު ޝަހީދުކޮށްލައިފި
ޚާން ޔޫނިސްގެ ގެއަކަށް ވައިގެ މަގުން ހަމަލާދީ ދެ އަންހެނުންނާއި އަށް އަހަރުގެ ކުޑަކުއްޖަކު ވަނީ ޝަހީދުކޮށްލާފައި

ހަރުކަށި ޔަހޫދީ ސިފައިން، ޣައްޒާއަށް ރޭގައި ދިން ހަމަލާތަކުގައި އެކަނިވެސް 9 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިސްރާއީލުން ރޭގެ އެކި ވަގުތުތަކުގައި ޣައްޒާއަށް ބޮން އެޅި ތަންތަނުގެ ތެރޭގައި ޝޮޕިން ޕްލާޒާއެއް ހިމެނޭ ކަމަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވެއެވެ.

އަލްޖަޒީރާ އަރަބިކްގެ ރިޕޯޓުގައިވާ ގޮތުން ޣައްޒާގެ މެދުތެރޭގެ އަލް ނޫސެއިރާތު ކޭމްޕްގެ ޝޮޕިން ޕްލާޒާއަށް އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާގައި ގާތްގަނޑަކަށް ނުވަ މީހުން މަރުވެ އިތުރު ދިހަވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ލަފާކުރެވެއެވެ. ވައިގެ ހަމަލާއާއި ގުޅިގެން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ފިހާރައެއް ވަނީ ހަލާކުވެފައެވެ.

މީގެ އިތުރުން ދެކުނު ޣައްޒާގެ މެދުތެރޭގެ ޚާން ޔޫނިސްގެ ގެއަކަށް ވައިގެ މަގުން ހަމަލާދީ ދެ އަންހެނުންނާއި އަށް އަހަރުގެ ކުޑަކުއްޖަކު ހިމެނޭ ގޮތަށް ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާ އަރަބިކްގައި ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް