ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 12:31
ކުޅުދުއްފުށީގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނައުމުގެ ތެރެެއިން
ކުޅުދުއްފުށީގައި އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނައުމުގެ ތެރެެއިން
އެމްއެންޑީއެފް
ކުޅުދުއްފުށި އެއަރޕޯޓުގައި އެއްޗެއް ގޮވުން
ކުޅުދުއްފުށި އެއަރޕޯޓުގައި އެއްޗެއް ގޮވައި، އަނިޔާވި މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންދަނީ
 
ހާލު ސީރިއަސް ވެފައިވަނީ 37 އަހަރުގެ ފިރިހެނެއްގެ
 
އޭނާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭގެ އައިސީޔޫގައި

ކުޅުދުއްފުށި އެއަރޕޯޓުގައި ސިލިންޑަރެއް ގޮވައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިހާދިސާ ހިނގަން މެދުވެރިވީ އެއަރޕޯޓް ފަޔަރ ޓްރެއިނިންގގައި ބޭނުންކުރާ ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވުމުގެ ސަބަބުންނެވެ. މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާ ލިބުނުއިރު ހާލު ސީރިއަސް ވެފައިވަނީ އެކަކުގެ އެވެ.

މި ހާދިސާގައި ހާލު ސީރިއަސް ވެފައިވަނީ 37 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ މާލޭގެ އޭޑިކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. އެ ހޮސްޕިޓަލުގައި އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެހެންވެ އޭނާ ބޭރަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް "ރާއްޖެ އެމްވީ" އާ މައުލޫމާތު ހިއްސާ ކުރި މީހަކު ބުނެފައިވެއެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް މީގެ ކުރިން "ރާއްޖެ އެމްވީ" އަށް ވިދާޅުވި ގޮތުގައި ހާލު ސީރިއަސްވީ މީހާގެ ކަނާތް ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ.

މި ހާދިސާގައި ދެން އަނިޔާ ވެފައިވަނީ 25 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ ފިރިހެނަކަށާއި 29 އަހަރުގެ ފިރިހެނަކަށެވެ. މިހުރިހާ އެންމެންނަކީވެސް އެއަރޕޯޓުގެ މުވައްޒަފުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
0%
0%
50%
ކޮމެންޓް