ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 12:30
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް
އިސްރާއީލަށް އެހީވުމަށް އެމެރިކާ އިން އަނެއްކާވެސް ބިލިއަނުން ޚަރަދު ކުރަނީ
ފަލަސްތީނުގައި ތިބި އާއްމުންނަށް ހިމާޔަތް ލިބެން ޖެހޭ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ
ހަނގުރާމަ ހިނގި ނަމަވެސް އާއްމުންނަށް ފެނާއި ކާބޯތަކެތި އަދި ބޭސް ލިބެން ވާނެ ކަމަށް ބައިޑެން ވިދާޅުވި

އިސްރާއީލަށް އެހީވުމަށް އެމެރިކާ އިން އަނެއްކާވެސް ބިލިއަނުން ޚަރަދު ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާ އިން އިސްރާއީލަށް އިތުރަށް އެހީވުމަށް ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާފައެވެ. އެމެރިކާ އިން ބުނީ ހަމާސް އާއި ހަނގުރާމަކުރުމަށް އިސްރާއީލަށް އެހީވާނެ ކަމަށާއި ޣައްޒާ އަށް ގޮސް ޣައްޒާ އަށް ހަމަލާ ދީ، ފަލަސްތީންގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަމަލާ ދިނުމަށް ތާއީދުކުރާކަމަށް އެމެރިކާ އިން ދަނީ ބުނަމުންނެވެ.

ވައިޓް ހައުސް އިން އާއްމު ކުރި ބަޔާނެއްގައި ވަނީ ޔުކްރެއިން އަށް ރަޝިއާ އިން އަރައިގަތުމާއި މެދުވެސް ވާހަަކަދައްކާފައެވެ. ބައިޑެން ވަނީ ހަމާސްގެ އަމަލުތަކުގެ ސަބަބުން އިސްރާއީލްގެ ޑިމޮކްރަސީ އަށް ބުރޫ އަރާކަމަށް ވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ. އަދި ފަލަސްތީނަށް ބޭނުންވާ އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށާއި ހަނގުރާމަ ހިނގި ނަމަވެސް އާއްމުންނަށް ފެނާއި ކާބޯތަކެތި އަދި ބޭސް ލިބެން ވާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ. ފަލަސްތީނުގައި ތިބި އާއްމުންނަށް ހިމާޔަތް ލިބެން ޖެހޭ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް