Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 18:22
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި އިންތިގާލީ ކޮމެޓީތަކުން ބައްދަލުކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި އިންތިގާލީ ކޮމެޓީތަކުން ބައްދަލުކުރެއްވުން
އިންތިގާލީ މަރުހަލާ
އިންތިގާލީ ކޮމެޓީގެ މައިގަނޑު މަސައްކަތްތައް މާދަމާއަށް ނިންމާލެވޭނެ
އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް
އިންތިގާލީ 15 ކޮމެޓީއެއް ވަނީ އެކުލަވާލާފައި
މި ކޮންމެ ކޮމެޓީއެއްގައި 25 އެއްހާ މީހުން ހަރަކާތްތެރިވޭ

އިންތިގާލީ ކޮމެޓީތަކުގެ މައިގަނޑު މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލައި ރިޕޯޓުތައް އާންމު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަހަށް އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ނިންމާލެވޭނެތޯ "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ތަރުޖަމާނު ފިރުޒުލް ވިދާޅުވީ ކުރިން ވެސް އަމާޒު ހިފި ގޮތަށް އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލި ނަމަވެސް، ބައެއް ކޮމެޓީތަކުގެ މަސައްކަތްތައް އެ ދުވަހަށް ނުނިމިދާނެ ކަމަށެވެ.

Advertisement

އެގޮތުން އޭނާ ވިދާޅުވީ ބައެއް އިދާރާތަކާ ގުޅިގެން އިންތިގާލީ ކޮމެޓީތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެދުވަހަށް ނިންމާނުލެވޭނެ ކަމަށެވެ. އެއީ ކޮން އިދާރާތަކެއް ކަމެއް ފިރުޒުލް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ފިރުޒުލް ވިދާޅުވީ ގިނަ ކޮމެޓީތަކުގެ މަސައްކަތްތައް ހުކުރު ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އިންތިގާލީ ކޮމެޓީތަކުގެ ރިޕޯޓުތައް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތްތައް ކުރުމަށް 400 އެއްހާ މީހުންނާއެކު 15 ކޮމެޓީއެއް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އޭގެ ކޮންމެ ކޮމެޓީއެއްގައި 30-20 މީހުން ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް