ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 10:09
ޔަހޫދީ ދައުލަތުން ސުމާރެއް ބެލުމެއް ނެތި ދިން ހަމަލާއެއްގައި އިމާރާތެއް ފުނޑުޑުވެފައި
ޔަހޫދީ ދައުލަތުން ސުމާރެއް ބެލުމެއް ނެތި ދިން ހަމަލާއެއްގައި އިމާރާތެއް ފުނޑުޑުވެފައި
ރޮއިޓާރސް
ފަލަސްތީނަށް ދެމުންދާ ހަމަލާ
މުޅި ރޭ ޣައްޒާގެ ރައްޔިތުން ހޭދަކުރީ ފުރާނަ އަތްމައްޗަށް ލައިގެން ބޮމުގެ ހަމަލާތަކުން ސަލާމަތްވުމުގައި
ރޭ ޣައްޒާގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި 30 އަށް ވުރެ ގިނަ މީހުން މަރުވެ 21 މީހުން ޒަހަމްވެފައިވޭ

ޔަހޫދީ ދައުލަތް، އިސްރާއީލުން ޣައްޒާގެ އެކި ތަންތަނަށް ރޭގެ އެކި ވަގުތު ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވާ ކަަމަށް ފަލަސްތީނާއި އަރަބި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ފަތިސްވުމުގެ ކުރިން އިސްރާއީލުގެ ހަރުކަށި ސިފައިން ޣައްޒާގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި 30 އަށް ވުރެ ގިނަ މީހުން މަރުވެ 21 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ވަދެ ފުރާވަރުގެ ދެ ކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުކޮށްލާ، ހަމާސްގެ މެންބަރުން ކަމަށް ބުނެ ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްގައި ފަލަސްތީނުގެ ޒުވާނަކު މަރާލާފައިވެއެވެ. ޣައްޒާގެ 9،000 އަށް ވުރެ ގިނަ ކެންސަރު ބަލިމީހުންނަށް ޚިދުމަތްދޭ ހަމައެކަނި މެޑިކަލް ފެސިލިޓީ ކަމަށްވާ ތުރުކީ-ފަލަސްތީނުގެ ފްރެންޑްޝިޕް ހޮސްޕިޓަލް، ބޭހާއި ތެޔޮ ހުސްވެ، ބަންދުކުރުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 3،480 ފަލަސްތީނު މީހުން ޝަހީދުވެފައިވާކަން ކަށަވަރުވި ނަމަވެސް ރޭގެ ހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދުވެ، ޖުމްލަ ޝަހީދުވި މީހުންގެ އަދަދު ދެނެގަނެވިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް