ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 10:06
ފީފާގެ ރައީސް އިންފަންޓީނޯ
ފީފާގެ ރައީސް އިންފަންޓީނޯ
ރޮއިޓަސް
ފީފާ
2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޭއެފްސީ "އެކަތިގަނޑަކަށް" ވުމަށް އިންފަންޓީނޯ އެދިވަޑައިގެންފި
އޭޝިއާ ސަރަހައްދުން އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ރަސްމީކޮށް ހުށަހަޅާފައި ވަނީ ހަމައެކަނި ސައުދީ އަރަބިއްޔާ އިން

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ (އޭއެފްސީ) އެކަތިގަނޑަކަށް ވުމަށް، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިވަޑައިގެންފި އެވެ.

އިންފަންޓީނޯ މިހެން އެދިވަޑައިގެންނެވިއިރު، 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޝިއާ ސަރަހައްދުގަ އެވެ. އޭޝިއާ ސަރަހައްދުން އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ރަސްމީކޮށް ހުށަހަޅާފައި ވަނީ ހަމައެކަނި ސައުދީ އަރަބިއްޔާ އިންނެވެ. އޭޝިއާގެ ބައެއް ޤައުމުތަކުން އަންނަނީ ސައުދީގެ ބިޑަށް ތާއީދު ވެސް ކުރަމުންނެވެ.

މީގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން ކޮންގްރެސް (އޭއެފްސީ) ގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ސައޫދީ ބިޑަށް ތާއީދު ކުރުމަށް އޭއެފްސީގެ ކިބައިން އެދިވަޑައިގެންފަ އެވެ. މުބާރާތް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށް، އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ފީފާ އަށް ރަސްމީކޮށް ލިޔުން ހުށަހަޅާފައިވާ ސައުދީން އަންނަނީ އެ ޤައުމުގެ ބިޑަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާ އިން ވަނީ އޭޝިއާ އަދި އޯޝެނިއާ ސަރަހައްދުގެ ޤައުމުތަކަށް ބިޑު ހުށަހެޅުމަށް ދައުވަތު ވެސް ދީފަ އެވެ.

ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މުބާރާތަށް ޝައުގުވެރިކަން ފާޅުކުރުމަށްފަހު މިހާރު ވެސް 70 އަށް ވުރެ ގިނަ ފީފާ މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދު އެބަ އޮތް ކަމަށެވެ.

- ކޮމެންޓް