Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 14:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ބަޖެޓް
އަންނަ އަހަރަށް މަޖިލީހުގެ އިދާރީ ޚަރަދުތަކަށް 187 މިލިއަން ރުފިޔާގެ ބަޖެޓެއް
މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93
މާލެ ސިޓީއަށް އިތުރު 2 ދާއިރާ އިތުރުވެފައިވޭ
ޖުމްލަ 17 ދާއިރާ މާލެ ސިޓީގައި ހިމެނޭނެ

ކުރިއަށް އޮތް 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރީ ޚަރަދުތަކަށް 187 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި 2024 ވަނަ އަހަރަށް އަންދާޒާކުރާ މަޖިލީހުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު މަޖިލީހުގެ އިދާރާއިން ނިންމާފައި ވަނީ އަންނަ އަހަރު މަޖިލިސް ހިންގުމަށް 187 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަަމަށެވެ.

ޚަރަދުތައް އަޅާ ކިޔާ ނަަމަ މިއީ މި ހިނގާ 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިދާރީ މަސައްކަތްތައް ހިންގުމުގެ ޚަރަދުތަކަށް ވުރެ ބޮޑު އަދަދެކެވެ. 2023 ވަނަ އަހަރަށް މަޖިލީހަށް ކަނޑައަޅާފައި ވަނީ 182 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިހާރު ކުރިއަށް ދައުރުގައި ބަޖެޓް ކޮމިޓީ އެކުލަވާލުން ލަސްވަމުންދާތީ އެ އިދާރާއިން ވަނީ މީގެ ކުރިން މަޖިލީހުގެ ބަޖެޓް ފިނޭންސް މިނިސްޓްރީއަށްވެސް ހުށަހަޅާފައެވެ. އެކަން މަޖިލީހުގެ އިދާރާ އިން ވަނީ ކޮމިޓީ އާއި ޚިއްސާކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މި އަހަރަށްވުރެ އަންނަ އަހަރަށް ފާސްކުރާ ބަޖެޓް ބޮޑުވާން މެދުވެރިވީ އަންނަ އަހަރު އިތުރަށް އިންތިހާބު ކުރާ މެމްބަރުންގެ ޚަރަދުތައް ހަމަޖައްސަން ޖެހޭނެތީ ކަމަށެވެ. ފިނޭންސް މިނިސްޓްރީގެ މަޝްވަރާއާއެކު އެ ބަޖެޓް އެކުލަވާލާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތަށް ބަލާއިރު މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93 އެވެ. އެއީ މާލެ ސިޓީއަށް އިތުރު 2 ދާއިރާ އިތުރުވެފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުން ފެށިގެން ޖުމްލަ 17 ދާއިރާ މާލެ ސިޓީގައި ހިމެނޭނެއެވެ. ބަ އަތޮޅަށާއި، މާލެއަތޮޅާއި، ގއ. އަތޮޅު އަދި އައްޑޫ ސިޓީއަށް 1 ދާއިރާ ވަނީ އިތުރުވެފައެވެ.

2024 ވަނަ އަހަރަށް އިތުރުވި 6 ދާއިރާ އަކީ:

Advertisement

ހުޅުމާލެ މެދު ދާއިރާ

ހުޅުމާލެ އުތުރު ދާއިރާ

ހިތާދޫ ދާއިރާ (މާޅޮސްމަޑުލު ދެކުނުބުރި) ހިތާދޫ، މާޅޮސް، ދަރަވަންދޫ

ހުރާ ދާއިރާ (މާލެ އަތޮޅު) ހުރާ، ހިންމަފުށި، ގުޅީ

ކޮލަމާފުށި ދާއިރާ (ހުވަދުއަތޮޅު އުތުރުބުރި) ކޮލަމާފުށި، ދެއްވަދޫ

ފޭދޫ އުތުރު ދާއިރާ (އައްޑޫ ސިޓީ) ފޭދޫ، މަރަދޫފޭދޫ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަނި ކަމަށް ބުނެފައެވެ. އަދި މި ރިޕޯޓުގައިވާ ގޮތުން، ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވެއެވެ. އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް