ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 09:07
އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝާޒްލީ (ޝާޒް)
އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝާޒްލީ (ޝާޒް)
އެފްއޭއެމް
ދެ ވަނަ ޑިވިޝަން
ލެގޫންސްގެ ކޯޗަކަށް ޝާޒްލީ
 
ލެގޫންސް ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް އައްސަދު އަލީ (އަޑުބަރޭ)

ދެ ވަނަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ލެގޫންސް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް މުހައްމަދު ޝާޒްލީ ހަމަޖައްސައިފި އެވެ.

ލެގޫންސް ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް އަދި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ) އެވެ.

ޝާޒްލީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕްރޯ ލައިސަންސް ހާސިލްކުރި ފަރާތެވެ. އޭނާ އެންމެފަހުން ފެނުނީ ކުލަބު އީގަލްސް އާއި ޓީސީގެ ކޯޗުކަމުންނެވެ.

ކުރިން ވިކްޓަރީ އަށް ކުޅުނު ޝާޒްލީގެ އިރުޝާދުގެ ދަށުން ނުކުންނަށް ތައްޔާރުވާ ލެގޫންސް ޓީމަށް ސްރީ ލަންކާގެ ފަސް ކުޅުންތެރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ފަހުކޮޅު ފަށަން ކިޔާ ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދުމަށް ލެގޫންސާއެކު އެންމެ ބޮޑަށް ވާދަކުރާނީ ރާއްޖޭގެ މަޝްހޫރު ދެ ޓީމު ކަމަށްވާ ނިއުރޭޑިއަންޓާއި ވިކްޓަރީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް