ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 05:08
ޓެންޓް ސްޕޯޓްސް ކުލަބުގެ ޓީމް
ޓެންޓް ސްޕޯޓްސް ކުލަބުގެ ޓީމް
ފޭސްބުކް
ދެ ވަނަ ޑިވިޝަން
ލެގޫންސް ކަޓައި، ސެމީ އަށް ޓެންޓް
 
ލެގޫންސް ބަލިވީ 3-1އިން

ވަރުގަދަ އަށް ތައްޔާރުވި ލެގޫންސް ސްޕޯޓްސް ކުލަބު 3-1އިން ބަލިކޮށް ޓެންޓް ސްޕޯޓްސް ކުލަބު ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ތިން ލަނޑު ޖެހީ ވެސް ޓެންޓުންނެވެ. ފުރަތަމަ ލަނޑު ހަތް ވަނަ މިނިޓްގައި އަދި ދެވަނަ ލަނޑު 21 ވަނަ މިނިޓްގައި ޖެހީ އަލީ އިހުސާނެވެ. މެޗުގެ 41 ވަަނަ މިނިޓްގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ރިލްވާން ލަނޑު ޖަހައި ތިން ލަނޑުން ފުރަތަމަ ހާފު ނިންމާލި އެވެ. ލެގޫންސްގެ ހަމައެކަނި ލަނޑު ޖެހީ 66 ވަނަ މިނިޓްގައި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) އެވެ. އޭނާ އަކީ މި ކުލަބުގެ އެއް މަސްއޫލުވެރިޔާވެސްމެ އެވެ.

ސެމީ ފައިނަލުގައި ޓެންޓް ވާދަކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާ އެވެ. މި މެޗު އޮންނާނީ އާދީއްތަ ދުވަހު އެވެ. ޖެހިގެން އަންނަ ދުވަހު ސެމީގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ނިއުރޭޑިއަންޓާއި ވިކްޓަރީ އެވެ.

މުބާރާތުގެ ފައިނަލަށްދާ ދެ ޓީމަށް މި އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް