Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 07:06
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު
ޖޭއެސްސީ އެކުލެވިގެންވާ ގޮތް
ޖޭއެސްސީ އަށް ސިޔާސީ ގޮތުން މީހުން އައްޔަންކުރުން ނިމުމަކަށް ގެންނާނަން - އިންތިޚާބީ ރައީސް
ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށް
ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ޤަބޫލުފުޅުނުކުރެއްވޭ ކަަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވި
ފުރަތަމަ ދުވަހުން ފެށިގެން ޝަރުޢީ ނިޒާމް އަދުލުވެރިކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި

ޖުޑީޗަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ސިޔާސީ ގޮތުން މީހުން އައްޔަންކުރުން ނިމުމަކަށް ގެންނަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެފަދައިން ވިދާޅުވީ އެމަނިކުފާނު އަލްޖަޒީރާ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

މުއިއްޒު ވިދާޅުވީ ޖޭއެސްސީގައި ގައި ސިޔާސީ އެއްވެސް ބޭފުޅަކު ހިމެނިވަޑައިނުގަންނަވާނެ ގޮތަށް އިޞްލާހު ގެންނަވާނެ ކަމަށެވެ.

Advertisement

ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ޤަބޫލުފުޅުނުކުރެއްވޭ ކަަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޝަރުޢީ ނިޒާމް އަދުލުވެރިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިންތިޚާބީ ރައީސް މުއިއްޒު ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމުގެ ސަބަބުން މިނިވަން އިންސާފުވެރި ޝަރުއީ ނިޒާމެއް ޤާއިމްކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާ ހިންގުން ޖޭއެސްސީގެ ދަށުން ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޖޭއެއެސްސީގައި ތިބުން އެންމެ ރަނގަޅީ ރިޓަޔަރޑް ފަނޑިޔާރުންކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

10 މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ ޖޭއެސްސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، މަޖިލީހުގެ ރައީސާއި، އަދި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެއްގެ އިތުރުން ބަންޑާރަ ނާއިބާއި، ކޯޓުތަކުގެ މެމްބަރުން އަދި ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް