ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 12:00
ބަނގްލަދޭޝްގެ ގައުމީ ޓީމުން ސަސްޕެންޑްކުރި ތިން ކުޅުންތެރިން
ބަނގްލަދޭޝްގެ ގައުމީ ޓީމުން ސަސްޕެންޑްކުރި ތިން ކުޅުންތެރިން
ގޫގުލް
ފުޓްބޯޅަ
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
ދެ ކުޅުންތެރިއަކު ވަނީ ޖޫރިމަނާކޮށް، ދޫކޮށްލާފައި

ރާއްޖެއިން ފުރިއިރު ބަނގުރާ ހިފައިގެން ގައުމަށް ދިއުމުގެ ކުށުގައި ގައުމީ ޓީމާއި ކުލަބުން އެކަހެރިކޮށްފައި ތިބި ބަނގްލަދޭޝްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު, އަނީސުއްރަހުމާން ޒިކޯ ފަސް މަހާއި ބަޔަށް, އަދި ޑިފެންޑަރު ޓޮޕޫ ބަރްމާން ދެ މަހާއި ބަޔަށް އެ ދެ ކުޅުންތެރިންގެ ކުލަބުން ސަސްޕެންޑްކޮށްފި އެވެ. މީގެ އިތުރުން މިކަމުގައި ބައިވެރިވި ތައުހީދުލް އާލަމް ސަބޫޖް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މި ކަމުގައި ބައިވެރިވި ފަސް ކުޅުންތެރިންގެ ތެރެއިން ސަސްޕެންޑްނުކޮށް ދޫކޮށްލީ ޒުވާން ފޯވަޑް ޝައިހް މުރުސަލީން އާއި ރިމޯން ހުސައިންނެވެ. މި ދެ ކުޅުންތެރިންނަށް ދީފައިވަނީ ޖޫރިމަނާއެކެވެ. މުރުސަލީން ޖޫރިމަނާކޮށްފައިވަނީ އެއް ލައްކަ ޓަކާ (13817.24ރުފިޔާ) އިންނެވެ. ރިމޯން ހުސައިން ޖޫރިމަނާކޮށްފައިވަނީ 3 ލައްކަ ޓަކާ (41451.68ރުފިޔާ) އިންނެވެ.  

މި ތިން ކުޅުންތެރިންނަކީ ވެސް ބަނގްލަދޭޝްގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ބަޝުންދުރަ ކިންގްސްގެ ކުޅުންތެރިންނެވެ. މި ތިން ކުޅުންތެރިން 60 އަށްވުރެ ގިނަ ފުޅީގެ ބަނގުރާ އެތެރެކޮށްފައިވަނީ މިދިޔަ މަހު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް އޭއެފްސީ ކަޕުގައި ކުޅުނު މެޗަށް ފަހު ގައުމަށް ދަމުންނެވެ. މިކަން ފަޅާ އެރުމުން މި ތިން ކުޅުންތެރިން ވަގުތީ ގޮތުން ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގު ނިމެންދެން ގައުމީ ޓީމުން ވެސް ވަނީ އެކަހެރިކޮށްފަ އެވެ. ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އާއި ބަނގްލަދޭޝް، ގަލޮޅު ދަނޑުގައި އިއްޔެ 1-1އިން އެއްވަރުވި މެޗުގައި މި ކުޅުންތެރިންނަށް ނުކުޅެވުނީ ވެސް މިހެންވެ އެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން އަންގާރަ ދުވަހު ވެސް ރާއްޖެއާ ދެކޮޅަށް މި ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.

މި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިންމައި ކުޅުންތެރިންނަށް ފިޔަވަޅު އެޅިކަން އިއުލާނުކުރީ އިއްޔެގެ މެޗަށް ފަހު ރޭގެ ވަގުތެއްގަ އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޢާޒީ ސަލާހުއްދީން ވިދާޅުވީ ކުލަބުގެ ހުށަހެޅުމުގެ ވަގުތު އައުމުން ގައުމީ ޓީމުން ކުޅުންތެރިން ސަސްޕެންޑްކުރީ މިފަދަ އަމަލުތަކަކީ އޭގެ ޒާތުގައި ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބަލަންޖެހޭ މައްސަލަތައް ކަމަށްވާތީ ކަމަށެވެ. އަދި ކުލަބާއި ފެޑަރޭޝަނަށް އެކުއެކީގައި މަސައްކަތް ކުރެވޭނީ ވެސް ކުލަބުތަކުގެ ހުށަހެޅުން އަޑުއަހައިގެން ކަމަށްވާތީ އެވެ.

- ކޮމެންޓް