Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 09:39
އދ. ދިއްދޫ
އދ. ދިއްދޫ
ޓްވީޓަރ
އދ. ދިއްދޫއިން ގޯތި ދޫކުރުން
އދ. ދިއްދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ޚިޔާލުހުށަހެޅުމަށް ހުޅުވާލައިފި
ދިއްދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 50 ގޯތި
ޚިޔާލު ފޮއްޓަށް ނުވަތަ އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭނެ

އދ.ދިއްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ޚިޔާލުހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ދިއްދޫ ކައުންސިލުން ބުނީ ދިއްދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމުގެ އުސޫލަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް 11 އޮކްޓޫބަރު 2023 އިން ފެށިގެން 09 ނޮވެމްބަރު 2023 ގެ 13:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ އިދާރާގައި ބަހައްޓަފައިވާ ޚިޔާލު ފޮއްޓަށް ނުވަތަ އޮންލައިންކޮށް ވެސް ފޯމް ހުށަހެޅޭނެ ކަމަށެވެ.

Advertisement

ދިއްދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ބުނެފައިވަނީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ގޯއްޗަށް އެދި ފޯރމް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުމެވެ.

މީގެ އިތުރުން ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިގެ އުސޫލުން ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން ނުވަތަ ލިބިފައިނެތުން ހިމެނެއެވެ. އަދި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 20 އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާތާ ނުވަތަ ވިއްކާލާފައިވާތާ 20 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނޭ ކަމަށް ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކައުންސިލުން ބުނީ މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 50 ގޯތިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް