Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 06:49
ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ވަހީދު
ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ވަހީދު
ރާއްޖެއެމްވީ
މިސަރުކާރުގެ ސިޔާސީ މަގާމުތައް
ރައީސް އޮފީސް ނުހިމަނާ މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން: އިބުރޭ
ރައީސް ޞާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު ތިއްބެވި އިންތިގާލީ ތަރުޖަމާން ވިދާޅުވި

ރައީސް އޮފީސް ނުހިމަނާ މި ސަރުކާރުގައި ތިއްބެވީ 719 ސިޔާސީ މުވައްޒަފުންކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު ތިއްބެވި ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ. އިންތިގާލީ ތަރުޖަމާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 808 ބޭފުޅަކު ތިއްބެވި ކަމަށެވެ.

Advertisement

ފިރުޒުލް ވިދާޅުވީ މިސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަށް ބެއްލެވުމަށްފަހު ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދުގެ 700 އަށް ވުރެ އިތުރު ނުކުރުމަށް އިންތިޚާބީ ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ ސަރުކާރުގެ އިދާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ ދިިރިއުޅުއްވާ ގެކޮޅާއި އަދި ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އިދާރީ މުވައްޒަފުންގެ އަދަދަށް ބެއްލެވުމަށްފަހު ކަމުގައިވެސް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އިބްރޭ ވިދާޅުވީ ރައީސް އޮފީހުގެ ހުރިހާ މަޤާމު ތަކަކީ ސިޔާސީ މަޤާމް ތަކެއްކަމަށާއި ރައީސް އޮފީސް ނުހިމަނާ މިސަރުކާރުގައި ތިއްބެވީ 719 ސިޔާސީ ބޭފުޅުންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް