ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 13:37
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ރައީސް އޮފީސް
އިންތިޤާލީ މަރުޙަލާ
ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން
މިއުވާން ވިދާޅުވީ، ސަރުކާރުން ޤާނޫނާ ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވާކަަމަށް
ރައީސް ސާލިހާއި، ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ފިރުޒުލް ވިދާޅުވި

 ސަރުކާރުން މަސައްކަތް ކުރަމުންދާނީ އިންތިޤާލީ މަރުޙަލާގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރޫހާއި އެއްގޮތަށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން އެހެން ވިދާޅުވީ ދައުލަތުގެ ހިސާބުކިތާބާއި، ކުންފުނިތަކާއި މުއައްސަސާތަކުގެ ހިސާބުކިތާބަށް ބަައެއް ބަދަލު ގެނެސް، ކުރީގެ ތާރީހުތަކުގައި ރަސީދުތައް އުފެއްދުމާއި މިފަދަ ކަންތައްތައް ހިނގަމުންދާކަމަށް މައުލޫމާތު ލިބެމުންދާކަމަށް އިންތިޤާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވުމާއި ގުޅިގެންނެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އެ މައުލޫމާތުތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނީ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގުޅުންހުރި އޮފީސްތަކާއި އިދާރާތަކަށް ޒިޔާރަތް ކުރުމުން ކަމަށެވެ.

އެހެންނަމަވެސް، އިންތިޤާލީ މަރުޙަލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއި، ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ފިރުޒުލްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ޖުމުލަ ގޮތެއްގައި މި ވީހާތަނަށް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ފެށިގެން އަދި ހަމައެހެންމެ އެކި މުއައްސަސާތަކުން އަޅުގަނޑުމެންނަށް ހަމަ އެކަށީގެންވާ އެއްބާރުލުން ދެމުން ގެންދަވާކަން
އިންތިޤާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް 

ސަރުކާރާމެދު ބައެއް ފަރާތްތަކުން އުފައްދަމުންގެންދާ ތުހުމަތުތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ސަރުކާރުން ޤާނޫނާ ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވާކަަމަށެވެ.

އަދި ސަރުކާރުން މަސައްކަތް ކުރަމުންދާނީ އިންތިޤާލީ މަރުޙަލާގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރޫހާއި އެއްގޮތަށް، އައު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީގެންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް