ކޯރަމް ހަމަނުވުމުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ނައިބްރައީސް އީވާ އަބްދުﷲ ވިދާޅުވީ, މަޖިލީހުގެ ކޯރަމް ހަމަކުރަން ބޭނުންވާ ޤާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވާތީ ޖަލްސާ ނިންމަވާލައްވާ ކަމަށެވެ.
ކޯރަމް ހަމަކުރުމަށް ބޭނުންވާ އަދަދަކީ 22 އެވެ. މަޖިލިސް ޖަލްސާ ފެށުނުއިރު ބައެއް މެމްބަރުން ތަޅުމުގައި ތިއްބެވިއިރު، ގިނަ މެމްބަރުން ތިއްބެވީ މަޖިލީހުގެ ކުޑަދޮށުގައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
