Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 17:17
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
ތޫނު އެއްޗަކުން ހަމަލާދިނުން
ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެއް
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހު މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު ޖަހާފައިވަނީ އާދިއްތަ ދުވަހު ކޯޓަށް ހާޒިރު ކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ.

އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ 11:02ހާއިރުއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ފޯނު ވިއްކާ ފިހާރައަކަށް އަންހެނަކު ވަދެ، އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަދައްކާ މަންޒަރެވެ. ފޯނެއް ދެއްކުމަށް އެދުމުން އެ ފިރިހެން މީހާ ފޯނެއް ނަގައި އެ އަންހެން މީހާއަށް ދައްކައެވެ. އެއަށްފަހު ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އަންހެން މީހާ ޒުވާބުކުރާ މަންޒަރު ފެނެއެވެ. އަދި އަންހެން މީހާ ދާން ހިނގައިގަންނަމުން އެ ފިރިހެން މީހާގެ ކަރުގައި ވަޅި އަޅުވާލުމަށްފަހު އޭނާ ނުކުމެގެން ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް